ރާއްޖޭގެ ޚަބަރު

ފުރުޤާން މިސްކިތް ކައިރި ހުރި މަސާޖް ޕާލަރއެއް ރޭޑްކޮށްފި

ފުރުޤާން މިސްކިތް ކައިރި ހުންނަ ގ.ލާމިހިޔާ ގޭގައި ހިންގާ މަސާޖް ޕާލަރއެއްގައި ހަށިވިއްކާ ކަމަށް ޝައްކުކުރެވިގެން ފުލުހުން ދާދި ދެންމެއަކު އެތަން  ރޭޑްކޮށްފިއެވެ.

[end/]

[time] 10.48 [/time] ދިވެހި 2 އަންހެނުންނާއި 2 ފިރެހެނުން އެ ގެއިން ނެރެގެން ޖިޕަށް އަރުވައިފި

[end/]

[time] 10.47 [/time] ޚަބަރު ލިބިފައިވާ ގޮތުގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ދިވެހި އަންހެން ކުދިން ހިމެނޭ. އަދި މިތަން ހިންގަނީ ދިވެހި އަންހެނެއް އިސްކޮށް ހުރެ ކަމަށް ވެސް މަޢުލޫމާތު ލިބޭ

[end/]

[time] 10.30 [/time] އަދި އެތަނުން ބަޔަކު ނެރެފައެއް ނުވެ.

[end/]

[time] 10.21 [/time] ފުލުހުންގެ މީޑިޔާ އޮފިޝަލެއް ދިއިސްލާމްއަށް މަޢުލޫމާތު ދެއްވި ގޮތުގައި އެސަރަހައްދުގައި ފުލުހުންގެ ޙާއްޞަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

[end/]

[time] 10.00 [/time] ފުލުހުން މިހާރު ވަނީ އެގޭތެރެއަށް ވަދެފައި އަދި އެ ސަރަހައްދުގައިވެސް ފުރުހުން ހަރަކާތްތެރިވަމުން އެބަދާކަމަށް ދިއިސްލާމްގެ ނޫސްވެރިން ހާމަ ކުރެއެވެ.

[end/]

[time] 09.51 [/time] ގ.ލާމިހިޔާ ފުރަތަމަ ފަންގިފިލާގައި ހިންގަމުން އަންނަ މަސާޖް ޕާލަރއެއްގައި ހަށިވިއްކާ ކަމަށް ޝައްކުކުރެވިގެން ފުލުހުން ދާދި ދެންމެއަކު އެތަން  ރޭޑްކޮށްފި

[end/]

އިތުރުތަފްސީލް އަންނަނީ...

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *