
ރަންދެލި މާލޭ އޮފީހުން ވައްކަން ކުރަނިކޮށް ރެކޯޑު ކުރެވިފައިވާ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ ފޮޓޯތަކެއް
ކެނެރީ މަގުގައި ހުންނަ ރަންދެލި މާލޭ އޮފީސް ފަޅާލައި އެ އޮފީސްތެރެއަށް ވަދެ ގިނައަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައާއި ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އޮކްޓޯބަރ 26 ވަނަ ދުވަހުގެރޭ ވަގުތެއްގައި ރަންދެލި މާލޭ އޮފީސްހުން ވަގަށް ނެގި 80،000 ދިވެހި ރުފިޔާއާއި 3،000 ޔޫއެސް ޑޮލަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 16 އަހަރުގެ ކުއްޖެކެވެ.
ހައްޔަރު ކުރެވުނު 3 މީހުންގެ ތެރެއިން އުމުރުން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ 01 ވަނަ ދުވަހުއެވެ. އުމުރުން 21 އަހަރުގެ މީހާ މި ޑިސެމްބަރު މަހުގެ 02 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު 16 އަހަރުގެ ކުޑަ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޑިސެމްބަރު މަހުގެ 05 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
އެ މައްސަލައާ އެކު ފުލުހުން ވަނީ އެ އޮފީސްތެރޭގައި ވަގުން ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ހަ މިނެޓްގެ ސީސީޓީވީ ފްޓޭޖް ވެސް އާންމުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.
















ޚިޔާލު