ރ.ކިނޮޅަހު އިންޓަރހައުސް ހަވަނަ ޤުރުއާން މުބާރާތް ރޭގައި ފެށިއްޖެއެވެ.
ތިން ދަންފަޅި ބަހައިލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ފުރަތަމަ ދަންފަޅިއާއި ދެވަނަ ދަންފަޅި ނިމިފައިވާ އިރު އެންމެ ފަހުދަންފަޅި މިރޭ 8:15 އިން 10:30 ހަމައަށް އޮންނާނެއެވެ. ކިނޮޅަހު ސްކޫލްގެ ތިން ހައުސް ، ރެޑް ހައުސް، ގްރީން ހައުސް އަދި ބުލޫ ހައުސް އިން މުޅިއަކު 63 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 48 ދަރިވަރުން އަދި ނުބަލާ ކިޔެވުމުގެ ގޮފިން 15 ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއީ ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖްވީދު މަގަށް ކިޔެވުމަށް ހިތްވަރު ދިނުމަށާއި ޤްރުއާން ކިޔެވުމުގެ ޢިލްމާއި ފަންނު ކުދިންގެ މެދުގައި އަށަގެންނެވުމަށާއި ޤްރުއާނަށް ލޯބިޖެއްސުމަށާއި ޤްރުއާންގެ ގިއުގަނޑުގެ ތެރޭގައި ޅަދަރިން ތަރުބިއްޔަތު ކުރުމުގެ އަހަންމިއްޔަތު ހާމަކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ކިނޮޅަހު ސްކޫލުން ބާއްވަމުން ގެންދާ މުބާރާތެއް ކަމުގައި މިކަން އިންތިޒާމު ކުރާ ސްކޫލްގެ އިސްލާމީ ކްލަބުން ހާމަކުރެއެވެ. މި މުބާރާތް ކުރިޔަށް ދަނީ ކިނޮޅަހު ސްކޫލްގެ ހޯލްގައެވެ.

















advertisment
ޚިޔާލު