ރާއްޖޭގެ ޚަބަރު

ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒްގެ "ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތް" ބާއްވައިފި

ޖުލައި 28، 2012 - ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)ގެ ފަރާތުން އިންތިޒާމްކޮށްގެން "ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތު"ގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : އެސްސީއައިއެސް

ޖުލައި 28، 2012 - ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)ގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި "ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތު"ގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : އެސްސީއައިއެސް

އައްޑޫ ސިޓީ ހުޅުމީދޫގައި ހިންގާ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)ގެ ފަރާތުން އިންތިޒާމްކޮށްގެން "ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތް" ބާއްވައިފި އެވެ.

އެސްސީއައިއެސްގެ މުއައްސިސުން "ދިއިސްލާމް"އަށް މަޢުލޫމާތު ދިން ގޮތުގައި އިއްޔެ ބޭއްވި މި މުބާރާތުގައި ޖުމްލަ 51 ދަރިވަރުން ކިޔަވާފައިވެ އެވެ. މި މުބާރާތުގެ މަޤްޞަދަކީ ހުޅުމީދޫގައި މީހުން ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި ކުރިއެރުވުން ކަމަށް އެސްސީއައިއެސް އިން ބުންޏެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާފައި ވަނީ އެސްސީއައިއެސް އިން މީދޫގައި ހިންގާ ޙިފްޡު ކުލާހުގައި ކިޔަވާދެއްވާ އިންޑިއާގެ ޙާފިޡް ރަޙްމަތުﷲ ގެ އިތުރުން މީދޫގެ ދެބޭފުޅުން ކަމަށްވާ އަލްޤާރިއާ ފާޠިމަތު ޢަބްދުލް މުޙްސިން އާއި ޙަމްދޫނާ ޙަސަން އެވެ.
މި މުބާރާތަށް އިނާމްތައް ހުށަހަޅުއްވަނީ މުބާރާތުގެ ޓައިޓްލް ސްޕޮންސަރކޮށްފައިވާ މީދޫގެ ބެސްޓް ސިލެކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
އެސްސީއައިއެސް އިން ބުނީ، އަންނަ ޢީދުގެ ތެރޭގައި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މަޝްވަރާކުރެވެމުންދާ ކަމަށާއި ނަތީޖާ ފާޅުކުރާނެ ތާރީޚެއް އަދި މުޅިން ނިމިފައިނުވާ ކަމަށެވެ. އަދި މިފަހަރުގެ މުބާރާތް އަމާޒުކުރެވުނީ ހަމައެކަނި ޙިފްޡު ކްލާހުގެ ދަރިވަރުންނަށް ކަމުގައިވީނަމަވެސް، މުބާރާތް އިތުރަށް ފުޅާކުރުމަށް ވިސްނާފައިވާ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

އެސްސީއައިއެސް އިން މީދޫގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހިންގަން ފެށި ޙިފްޡު ކްލާހުގައި އެކި އުމުރުގެ 123 ދަރިވަރުން ރަޖިސްޓްރީވެގެން ކިޔަވަމުންދާ ކަމަށާއި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްވެސް ކުރިއަށްގެންދާ ކަމަށް އެތަނުން މަޢުލޫމާތުދެ އެވެ.
އެސްސީއައިއެސް އަކީ ހުޅުމީދޫގައި ޤުރުއާން ކިޔަވައިދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މީދޫގެ ޒުވާނުންކޮޅެއް އިސްނަގައިގެން ހިންގަމުންދާ ސެންޓަރެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *