ރާއްޖޭގެ ޚަބަރު

ރުޤްޔާ ކުރަން ދަސްކޮށްދޭ ފޮތެއް ޢާންމުކޮށްފި!

"ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާކުރުން" މިނަމުގައި ލިޔެފައިވާ ފޮތެއް މައިތިރި.ކޮމް ގައި ޢާންމުކޮށްފިއެވެ.

ދިއިސްލާމް އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިފޮތަކީ ރުޤްޔާ (ހުއްދަ ފަންޑިތަ) ކުރުމުގެ ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް އެކުލެވިފައިވާ ފޮތެކެވެ. އަދި އެފޮތުގެ ޒަރީޢާއިން ޖިންނިއާއި، ސިޙުރުގެ ބަލިތަކާއި ، އެސްފީނާ އަދި ނަފްސާނީ ބަލިތައް ދެނެގަނެ، ކޮންމެ މީހަކަށްވެސް އަމިއްލައަށް ރުޤްޔާ ކުރެވޭ ވަރަށް މިފޮތުގައި މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި މިއީ އެކި އެކި ފޮތްފޮތުންނާއި ފޮތް ލިޔުއްވި ބޭފުޅުންގެ އަމިއްލަ ތަޖުރިބާތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެކެވެ.

'ރުޤްޔާ' ކުރުމާއި ބެހޭ މައުލޫމާތު ގެނެސްދީފައިވާ މިފޮތަކީ އައި.އެފް.އެމް އިން އެންމެ ފުރަތަމަ ހިންގި ރުޤްޔާ ކޯހުގައި ކިޔަވައިދެއްވި ރާޤީން އެކޯހުގައި ބޭނުންކުރުމަށް ލިޔެފައިވާ ފޮތެއްކަމަށާއި މިއީ ފޮތް ލިޔުނު ފަރާތްތަކުގެ ފޮތެއް ކަމުގައި އެބޭފުޅުން މަޢުލޫމާތު ދެއްވައެވެ. އަދި މިފޮތް މުރާޖާ ކުރައްވާފައިވަނީ އެފަހަރުގެ ކޯހުގައި ޙަރަކާތްތެރިވި ޝެއިޚުންކަމަށާއި މިފޮތް ލިޔެ އެކުލަވާލެއްވީ ރާއްޖޭގައި މިވަގުތު ރުޤުޔާކުރުމުގައި ވަރަށް ފުންނާބު އުސް ރާޤީން ކަމުގައިވާ އައްރާޤީ މުޙައްމަދު މަޒީދު، އައްރާޤީ އަޖްނާދު ޢަލީ، އައްރާޤީ އަޙުމަދު ޞަބާޙު، އައްރާޤީ އަޙުމަދު ފައިޞަލް އަދި އަލް އަޚް މުޙައްމަދު ނިޔާޒު ޢަބްދުއް ރަޙްމާން އެވެ.

މިފޮތް މިހާރު ރުޤްޔާއާއި ބެހޭ މަޢުލޫމާތަށް ޚާއްޞަކޮށް ރާއްޖޭގައި ފުރަތަމަފަހަރަށް ހަދާފައިވާ ވެބްސައިޓު ކަމުގައިވާ www.maithiri.com އިން ޑައުންލޯޑް ކުރެވޭގޮތަށް ވަނީ ޢާންމުކޮށްފައެވެ. މީގެ ބޭނުމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޙުރާއި ޖިންނި ބަލީގެ މުޞީބާތުން ސަލާމަތް ވާނެ ގޮތް އެއީ އެންމެނަށްވެސް އެނގެން ޖެހޭ އެއްޗަކަށްވާތީ ފަސޭހައިން މިފޮތް ލިބޭނެގޮތް ހެދުން ކަމުގައި މައިތިރި ވެބްސައިޓުގެ އެޑިޓަރު މަޢުލޫމާތު ދެއްވިއެވެ.

ފޮތް ޑައުންލޯޑް ކުރެއްވުމަށް  www.maithiri.com އަށް ޒިޔާރައް ކޮށްލައްވާށެވެ.

ގުޅުންހުރި

2 ޚިޔާލު

  1. އާޓިކަލް ކިޔާ ނިމުނު އިރުވެސް ނޭގުނު ރުޤްޔާ އެއީ ކޮންކަމެއްކަމެއް. އާއްމުކޮށް ދިވެހިން ބޭނުން ނުކުރާ ބަސް ލިޔާއިރު އޭގެ މާނައިގެ ކުޑަ ތަފްސީލެއްވެސްދޭ ނަމަ މީހުންނަށް ދަސްވާނީވެސް.

  2. ރުޤްޔާގެ މާނަ އަކީ “ހުއްދަ ފަންޑިތަ”

Your email address will not be published. Required fields are marked *