ޔޫއެން ބިލްޑިންގ ކައިރީގައި ހުންނަ ވީއޭއެމްކޯ އޮފީހުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ ހައްޔަރުކޮށްފައިވަނީ ވ. ރިހިމެދު، ޙުސައިން ސަނީމް (20އ) ކަމަށެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
ސަނީމް ހައްޔަރުކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ވަގަށް ނަގާފައިވާ ލެޕްޓޮޕް ހޯދާފައިވަނީ، ވަގަށް ނެގުމަށްފަހު 3500 ރުފިޔާއަށް މީހަކަށް ވިއްކާލާފައިވަނިކޮށް ކަމަށާއި، މިހާރު އެލެޕްޓޮޕް އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުޤީޤް ކުރަމުންނެވެ.
ވީއޭއެމްކޯ އޮފީހުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި މީހަކު ހައްޔަރުކޮށްފި

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ – ދިއިސްލާމް ފައިލް ފޮޓޯ
















ޚިޔާލު