އައްޑޫ ސިޓީ ހިތަދޫގައި ބިދޭސިން އުޅޭ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލްކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ހޯދައި، އެވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނި ގޮތުގައި، ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. އެމީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިވައްކަން ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 20:00 ހާއިރު އެގޭގައި މީހަކު ނެތް ވަގުތެއްގައި އެގޭގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެގެން ކަމަށެވެ.
އަދި މިމައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ތުހުމަތުކުރެވުނު 30 އަހަރުގެ މީހާ އުޅޭ ގެއަށް ފުލުހުން ގޮސް އޭނާ ނިދާ ކޮޓަރި ބަލައި ފާސްކުރިކުރުމުން އެގެއިން ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު ތަކެތީގެ ތެރޭގައި ހިމެނޭ ލެޕްޓޮޕާއި ޑީވީޑީ ޕްލޭޔަރާއި، މޯބައިލް ފޯނުތަކާއި ބައެއް ފައިސާގެ އިތުރުން ކަރަންޓު ބުރުމާއި، ގްރޭންޑަރާއި، މޯބައިލް ފޯނު ޗާރޖަރާއި، ބެޓްރީގެ އިތުރުންވެސް ގިނަ ޢަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހްޤީޤްކުރަމުންނެވެ.

















ޚިޔާލު