މި އަހަރުގެ ރަމަޟާން މަހުގެ 26ގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް 107،132 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި ޖުމުލަ 5,583,326.44 ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްސަތުގައި ލިބުނު އަދަށްވުރެ 74،525 ރުފިޔާ މަދު އަދަދެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހުގެ މިހާތަނަށް 135،743 މީހުން ފިތުރު ޒަކާތް ދައްކި ކަމަށާއި، ޒަކާތުގެ ގޮތުގައި ޖުމުލަ 5,657,851 ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހުގެ ފަހު ދުވަހާ ހަމައަށް އެ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ އެންމެ ފަހު ވަގުތަކީ މި މި އޭޕްރީލް މަހުގެ 29ގެ 18:00އާ ހަމައަށް ކަމަށެވެ. އެއީ ރަމަޟާން މަހުގެ 28އެވެ.
ޚިޔާލު