ރާއްޖޭގެ ޚަބަރު

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ކައުންސިލަށް ފޯމް ހުށަހެޅޭނެ 

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ފޯމު ހުށަހެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޠުރު ޒަކާތް އަދި މުދަލު ޒަކާތް ބެހުމަށް މި މިނިސްޓްރީން އެކުލަވާލާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް 21 ފެބްރުއަރީ 2021 ފެށިގެން މިނިސްޓްރީން ވަނީ ފަށާފައެވެ.

މިހާރު އިޢުލާންކުރެވިފައިވަނީ ކުރީގައި އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އުވާލައި މުޅިން އާ ދަފްތަރެއް އެކުލަވާލުމަށް ކަމަށާއި އެހެންކަމުން ވޭތުވެދިޔަ އަހަރު ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުން ވެސް މިއަހަރު އަލުން ފޯމް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސިޓީ (މާލެ، ވިލިމާލެ އަދި ހުޅުމާލެ) ގައި ދިރިއުޅޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހެޅުމަށް، ރަސްމީ ކޮންމެ ދުވަހަކު 09:00 ން 13:00 އަށް އިސްލާމިކް މނިސްޓްރީގެ ލޮބީގައި ކައުންޓަރ ބެހެއްޓިފައި ހުންނާނެއެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނައިރު އަންނަ މަހު ރަމަޟާން މަސް ފެށޭނެއެވެ. ރަމަޟާން މަސް ނިމި ފިތުރު ޒަކާތް ބަހާއިރު ޒަކާތް ލިބޭނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *