ރާއްޖޭގެ ޚަބަރު ހުވަދު އަތޮޅުގެ ދެމިސްކިތެއް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުވަދު އަތޮޅުގެ ދެމިސްކިތެއް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހުވަދު އަތޮޅުގެ ދެމިސްކިތެއް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުވަދު އަތޮޅު މާމޭންދޫގައި ހުންނަ މަސްޖިދު ޚާލިދު ބިން ވަލީދު އާއި މަސްޖިދުލް ވަޙްދާ މިސްކިތުގައި ކުރަން ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ކައުންސިލް ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ފެބުރުވަރީ 2021 ވާ ބުދަ ދުވަހު 13:00 އަށް ކައުންސިލް އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހޭނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.

އަންނަ އޭޕްރީލް މަހު ރަމަޟާން މަސް ފެށޭނެތީ ރާއްޖޭގެ ބައެއް މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

ޓެގް

މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.