އިސްލާމް މުދައްރިސުންނަށް ހާއްސަކޮށްގެން އޮންލައިންކޮށް ވޯރކްޝޮޕެއް ބާއްވައިފިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްމަދަރުސާ ތަކެއްގައި މަސައްކަތްކުރައްވާ ކީސްޓޭޖް 4 އަދި 5 ގެ އިސްލާމް މުދައްރިސުންނަށް އަމާޒުކޮށްގެން ބޭއްވުނު އިސްލާމް މުދައްރިސުންގެ ވާރކްޝޮޕް އިންތިޒާމުކުރީ އެސް.އެސް.ސީ އިސްލާމް މާއްދާއިން ދަރިވަރުންނަށް ބޭނުންވާނެ ތަފާތު ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޓަކައި ވުޖޫދަށް ގެނެސްފައިވާ "އެސް.އެސް.ސީ އިސްލާމް ވިތް ޤާސިމް މުޙައްމަދު" ފޭސްބުކް ޕޭޖްގެ ފަރާތުންނެވެ.
މި ވާރކްޝޮޕްގައި މާލޭގެ ބޮޑެތި ގިނަސްކޫލްތަކުގެ އިސްލާމް މުދައްރިސުންނާއި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ކިޔަވައިދެއްވުމުގެ މަސައްކަތްކުރައްވާ ސެކަންޑަރީ، ހަޔަރސެކަންޑަރީ މުދައްރިސުންގެ ތެރެއިން 160 އަށްވުރެ ޓީޗަރުން ބައިވެރިވެ ވަޑައިގަތެވެ.
މި ވާރކްޝޮޕް ބޭއްވުނީ ހުކުރު ދުވަހުގެ ރޭ 9:00 އިން 10:30 އަށެވެ. މި ވާރކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސުލައިމާން އެވެ.
އިސްލާމް މުދައްރިސުންނަށް ހާއްސަކޮށްގެން އޮންލައިންކޮށް ވޯރކްޝޮޕެއް ބާއްވާފައިވާއިރު ފަހަކަށް އައިސް އިސްލާމް މާއްދާއަށް އެސްއެސްސީ އިމްތިހާންގައި ދަރިވަރުންގެ ނަތީޖާ ދަށްވާތީ ބެލެނިވެރިންނާއި ޓީޗަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

















ޚިޔާލު