ރާއްޖޭގެ ޚަބަރު

ކޮވިޑް ހަލުވިކޮށް ފެތުރެމުން ދާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި

ކޮވިޑް-19 އަދިވެސް ވަރަށް ހަލުވިކޮށް ފެތުރެމުން އަންނާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 19 ފެބްރުއަރީ ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މިދިޔަ އަހަރު ތިން މަހެއްހާ ދުވަހު މާލޭގައި ހުކުރު ކުރުން ވެސް ހުއްޓާލިއެވެ. އަދި ވައިރަސްއާ ގުޅިގެން އެއްތަނަކަށް އެއްވެ އުޅުމުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް، ނަމާދުކުރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުމަށް ހުކުރު ނަމާދު ހުތުބާ ކުރުކޮށް، ނަމާދު ކުރުމަށް ހޭދަކުރާ ވަދުތު ކުރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު އެންގިއެވެ.

މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގައި ހާލު ސީރިއަސްވެ ފަރުވާ ދޭން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

ބަލީގެ ހާލަތު ގޯސްވާތީ އަނެއްކާ ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން ފުވައްމަލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ކާފިއު ވަނީ އިއުލާނުކޮށްފަ އެވެ. އައްޑޫ އަދި ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *