އިސްލާމިކް ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓްތަކަށް ބޭނުންވާ ލަފާ ދިނުމަށް ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި، ކ.މާލެ، ގ.ގުޑްލައިފް ޙަސަން ކަލާމް ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އައްޔަން ކުރައްވައިފިއެވެ.
އެޑްވައިޒަރުގެ މަގާމަށް ޙަސަން ކަލާމް އައްޔަން ކުރައްވާ އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސީއެމްޑީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އެވެ.
ސީއެމްޑީއޭ އިން ބުނީ ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގެ (ށ)ގެ ދަށުން، އިސްލާމިކް ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓްތަކަށް ބޭނުންވާ ލަފާ ދިނުމަށް ޝަރީޢާ އެޑްވައިޒަރެއްގެ ގޮތުގައި، ޙަސަން ކަލާމް (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ 36 ވަަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން 11 ފެބުރުވަރީ 2021 އިން ފެށިގެން 10 ފެބުރުވަރީ 2026 ގެ ނިޔަލަށް، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް، ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ.
ޚިޔާލު