ރާއްޖޭގެ ޚަބަރު އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

އައްޑޫގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގެ ފަތިސް ނަމާދަށް ފަހު އައްޑޫގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިސްކިތްތަކުގައި ޖަމާއަތުގައި މެދުކަނޑާލަނީ މި މަހުގެ 17 ވަނަ ދުވަހުގެ އަސްރު ނަމާދާ ހަމައަށެވެ. މިނިސްޓްރީން ބުނީ މިގޮތަށް ނިންމި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މިދިޔަ އަހަރު ވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޕްރީލް މަހުގެ މެދުތެރޭގައި ގާތްގަނޑަކަށް މަހެއްހާ ދުވަހަށް އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި އެވެ.

އައްޑޫން ކޮވިޑްގެ ކޭސްތަކެއް ފެނި މިހާރު މޮނިޓަރިން އަށް ލައި ކޮންޓްރެކްޓް ޓްރޭސިން ހަދަމުން އެބަގެންދެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ރެއިން ފެށިގެން ހަފުތާއަކަށް އައްޑޫގައި ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކާފިއުގެ ވަގުތަކީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކަމަށެވެ. އެ ވަގުތަކުތަކުގައި މަގުމައްޗަށް ނުކުމެ އުޅުން މަނާވާނެ އެވެ. އަދި ކާފިއުއާ ހިލާފުވާ މީހުންނާ ދޭތެރޭ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާނެ އެވެ.

އައްޑޫގައި ކާފިއު ހިންގުމުގެ ކުރިން އެ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މިހާތަނަށް ވެސް އެކި ކަހަލަ ފިޔަވަޅުތައް އައްޑޫގައި އަޅާފައިވެ އެވެ.

ޓެގް

ކޮވިޑް19 އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.