އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ އިލްމުވެރިންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިމިވަނީ މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާ ކޮށްލުމަށް ބޭނުންވާނެ މަރުކަޒެއް މާލޭގައި އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ބައެއް މެމްބަރުން މިއުޒިކަކީ ހަރާމް އެއްޗެއް ނޫން ކަމަށް ބުނެ ވާހަކަދެއްކުމުން އެވާހަކަތަކަށް އިލްމުވެރިން ރައްދު ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ގަރާރުގެ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ ރޮކް މިއުޒިކަކީ ހަރާމް އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި، މަނާ ކުރެވެން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ބޭފުޅަކު ވިދާޅުވެފައިވާ ކަމަށާއި، މިއީ ދެއްކެވޭނެ ވާހަކައެއް ނޫން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެއް ކަމަށެވެ.
"ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެއް" މިނިސްޓްރީން ބުންޏެވެ.
އިލްމުވެރިން ގެންދަވަނީ ލަވަ އާއި މިއުޒިކަކީ އިސްލާމްދީނުގައި ހަރާމްތަކެތިކަން ސާބިތުކޮށްދެއްވުމަށް ހެކިތަކާއިއެކު ވާހަކަދައްކަވަމުންނެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް ބައެއް އާއްމުންނާއި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ގެންދަނީ ވާހަކަ ދައްކަވަމުންނެވެ.

















ޚިޔާލު