ރާއްޖޭގެ ޚަބަރު

އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން އިމާމުންނަށް އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވާން މިސްކިތްތަކުން އަޅަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ބާރުއަޅަން އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން ބުނީ މިސްކިތްތަކަށްދާ މީހުން، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރަން ނަސޭހަތްތެރިވާން އިމާމުންނަށް އަންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތަށްދާ އިރު މާސްކު އަޅާށާއި އަމިއްލަ މުސައްލައެއް ހިފައިގެން ދިއުން ހިމެނެ އެވެ.

މިސްކިތްތަކުގައި ނަމާދުކުރާ އިރު ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ. ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދާން ވެސް އަންގާފައިވި ނަމަވެސް އެ އުސޫލްތަކާ އެއްގޮޮތަށް ބައެއް މީހުން އަމަލުނުކުރާ ތަން ފެންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެޗްޕީއޭއާ ގުޅިގެން އިމާމުންނަށް ވެކްސިންދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

މިހާތަނަށް 16،565 މީހަކަށް ރާއްޖެއިން ކޮވިޑް19 އަށް ވަނީ ފައްސިވެފައެވެ. މި ވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 2،039 މީހުން އެބަތިއްބެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް 6،000 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވެކްސިން ޖަހާފައި ވެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *