ރާއްޖޭގެ ޚަބަރު ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްކިތަށް ނަމާދަށް ދާއިރު އަމިއްލައަށް މުސައްލަ ގެންދިއުމަށާއި ނަމާދަށް ފަހުު މިސްކިތުގައި މަޑުނުކުރަން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވަނީ މިސްކިތަށް ދާއިރު މާސްކް އެޅުމާއި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމުގެ އިތުރުން އަމިއްލައަށް މުސައްލަ ގެންދިއުމާއި އެހެން މީހެއްގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

އަދި ނަމާދަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތަށް ވަނުމާއި ނިކުތުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި އެންމެ ކުރީ ސަފުން ފެށިގެން ފުރަމުން ގެންދިއުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.

މީގެ އިތުރުުން ފުއްޕާމޭގެ ބަލިތަކާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދާން ވެސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެ އެވެ. އަދި މިސްކިތުގައި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން ވެސް އެދިފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިދުވަސްވަރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ނަމާދުތައް ބަރާބަރަށް އަދާ ކުރުމުގެ އިތުރުން ގުރުއާން ކިޔަވައި، މާތްﷲ އާ ވަކީލުކޮށް، ގިނައިން ދުއާ ކުރުން މަތީގައި ދެމިތިބުމަށް އެދޭ ކަމަށެވެ.

ޓެގް

އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.