މަރަކީ ޢުމުރެއް ދަންނަ އެއްޗެއް ނޫން ކަމަށް ޝައިޙް ޝަފީޢު ވިދާވެއްޖެއެވެ.
ޝައިޙް މިހެން ވިދާޅުވެފައިވަނީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މިޓްވީޓްގައި ޝައިޙް އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގެ މަޖަލާއި އުފަލުގެ ތެރެއަށް ޣަރަޤުވެ ނުގަތުމަށެވެ. އަދި ޝައިޠާނީ މަޅިތަކުގައި ނުޖެހުމަށްވެސް ޒުވާނުންނަށް ގޮވާލައިފައި ވެއެވެ.
އަދި ޝައިޠާނާގެ ދުންމާރިއަށް ނުނަށުމަށް ޝައިޙް ނަސޭހަތް ތެރިވެފައި ވެއެވެ. އަދި އެކަންކަމުގައި އަވަދިނެތި އުޅެނިކޮށް މަރުވެއްޖެނަމަ، ހިތާމައިގެ ކޮޅެއް ނެތް ކަމަށް ޝައިޙް ގެ ޓްވީޓް ނިންމަވައިލައްވަމުން ވިދާޅުވެފައވެއެވެ.
ޚިޔާލު