ރާއްޖޭގެ ޚަބަރު ޢައުރަ ނިވާކުރުމަކީ ރައްކާތެރިކަމެއް: ޝައިޚު ޝުޢައިބު ނާޡިމް

ޢައުރަ ނިވާކުރުމަކީ ރައްކާތެރިކަމެއް: ޝައިޚު ޝުޢައިބު ނާޡިމް

Awra Nivaakurumaky Rakkatheri Kameh: Sheikh Shuaib Nazim

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢައުރަ ނިވާ ކުރުމަކީ އަޅުގަނޑުމެންނަށް ވާ ރައްކާތެރިކަމެއްކަމަށް އައްޝައިޚު ޝުޢައިބު ނާޡިމް ވިދާޅުވެއްޖެއެވެ.

މަދީނާގެ އިސްލާމިކް ޔުނިވާރސިޓީއިން ކިޔަވާ ވިދާޅުވެގެން، މިހާރު ދަޢުވަތުގެ މައިދާނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައްޝައިޚު ޝުޢައިބު ނާޡިމް މިހެން ވިދާޅުވެފައިވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްތެއްގައެވެ.

"މާސްކު އެޅިޔަސް ކޯވިޑް 19 ޖެހިދާނެއެވެ. އެކަމަކުވެސް މާސްކު އެޅުމަކީ ރައްކާތެރިކަމެކެވެ. ޢައުރަ ނިވާކުރިޔަސް އަނިޔާ ލިބިދާނެއެވެ. އެކަމަކުވެސް ޢައުރަ
ނިވާކުރުމަކީ ރައްކާތެރިކަމެކެވެ." ޝައިޚު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝައިޚު ވިދާޅުވެފައިވާ ގޮތުގައި އެއްމެ ނުރައްކާތެރި މީހަކީ މީސްތަކުން މަގުފުރައްދާ މީހާއެވެ. ޝައިޚު މިހެން ވިދާޅުވެފައިމިވަނީ ޑރ ޢިޔާޟް ޢައުރަ ނިވާކުރުމާއި ބެހޭ ގޮތުން ކުރައްވާފައިވާ ޓްވީޓަކާއި ވިދިގެން، އޭގެ މަފްހޫމް ރަގަޅަށް ނުވިސްނި، އެއީ ޖިންސީ ގޯނާކުރުމަށް ދެވިފައިވާ ހިތްވަރެއްކަމަށް ބުނެ މަޖްލިހުގައިވެސް އަދި ސޯޝަލް މީޑިޔާގައިވެސް ޝައިޚަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެހެނަސް ޝައިޚު ޢިޔާޟްވަނީ އެތައް ފަހަރަކުވަނީ، ޖިންސީ ފުރައްސާރަކުރުމާއި އިކޮޅަށް ވާހަކަފުޅު ދައްކަވާ، ރޭޕްކުރާ މީހުންގެ މައްޗަށް ހުރި ޢަޛާބުގެ ވާހަކައާއި، އިސްލާމް ދީނުގައި އެބައިމީހުންނަށްވާ އަދަބު ބަޔާން ކުރައްވާފައެވެ.

ޓެގް

ޖިންސީ ފުރައްސާރަ ޢައުރަ ނިވާ ކުރުން ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.