ބައެއް ގޭމްތަކުގެ ސަބަބުން ބޮޑެތި ކުށްތަކަށް މަގުފަހިވާކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ ބައެއް އޮންލައިން ގޭމްތައް ބައްޓަން ކޮށްފައި ހުންނަ ގޮތުން އެ ކުޅުމުގެ ސަބަބުން މީހުން މެރުން ފަދަ ބޮޑުތި ކުށްތައް ކުރުމަށް ކުޑަކުދިންނަށް ހިތްވަރު ލިބޭ ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ޖިންސީ އަނިޔާތައް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިކަން ހުއްޓުވަން މަސައްކަތްތަކެއް ކުރަން. އެހެންވީމަ އެ މަސައްކަތް ކުރަން އަޅުގަނޑުމެން މިހާރު ވެސް މަސައްކަތް ފަށާފައިވާ"ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގޭމުތަކުގެ ވާހަކަ ތަފްސީލްކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ "އޭގެތެރޭގައި އެބަހުރި މިސާލަކަށް ބައެއް ފަހަރު ގޭގައި ކުދިން ކުޅޭ ކުޅިވަރުތައް އޮންލައިންކޮށް މިކުޅޭ ކުޅިވަރުތައް ގޭމްސް. އޭގައި އެބަހުރި ވަރަށް ޑޭންޖަރަސް ގޭމްސް ވެސް." އަދި މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެނަށް ފަހަރެއްގައި ނޭނގި ދާނެކަމަށާއި އެފަދަ ގޭމްސްތައް މިސާލަކަށް ކުޅެގެން މައިންޑް ބައްޓަން ކުރާކަމަށެވެ.
"ގޮސް ބައެއް ކަހަލަ އަނިޔާ އެހެން ފަރާތްތަކަށް ދޭން. މީހުން މެރުމަށް. މީހުންގެ ތެރޭގައި ކޮންމެ ފަދަ މާރާމާރީއެއް ހިންގުމަށް. ވައްކަން ކުރުމަށް،" މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
މިފަދަ ގޭމްތައް މަނާ ކުރުމުގެ މަސައްކަތް ރަސްމީ އިދާރާތަކާއި މަޝްވަރާ ކުރެވި ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

















ޚިޔާލު