ރާއްޖޭގެ ޚަބަރު ހިރާ ސުކޫލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި

ހިރާ ސުކޫލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި

ހިރާ ސުކޫލްގެ ފޭސްބުކް ޕޭޖް ހެކް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިރާ ސުކޫލުގެ ރަސްމީ ފޭސްބުކް ޕޭޖް ހެކްކޮށްފައިވާކަމަށް ހިރާ ފައުންޑޭޝަންގެ ބޯޑު މެންބަރ ޝައިޙް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝައިޙް މުޙައްމަދު އަނީލް "ދިއިސްލާމް" އަށް ވިދާޅުވީ އެޕޭޖު ހެކުކޮށް ކޮންޓުރޯލް ގެއްލިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެޕޭޖުން މިހާރު ކުރެވެމުންދާ ޕޯސްޓް ތަކަކީ ހިރާ ސުކޫލާއި އެއްވެސް ގުޅުމެއް ނެތް ޕޯސްޓުތަކެއް ކަމަށެވެ.

ސްކޫލް އަށް ހެޔޮ އެދިވަޑައިގަންނަވާ ވީހާވެސް ގިނަ ބޭފުޅުން މި ޕޭޖް ރިޕޯޓް ކޮށްދެއްވުން އެދެން

ޝައިޙް މުޙައްމަދު އަނީލް އެދިލައްވާފައިވެ އެވެ.

ބެލެވޭ ގޮތުގައި އެޕޭޖް މިހާރު ކޮންޓުރޯލް ކުރަމުން ދަނީ ތައިލެންޑްގެ ބަޔެކެވެ. އެޕޭޖުން އަންނަނީ އެގައުމުގައި ހުރެގެން ފޭސްބުކް ލައިވްތަކެއްވެސް ކުރަމުންނެވެ.

މިމަހުގެ 5 ވަނަ ދުވަހު ރެހެނދި ސުކޫލުގެ ޕޭސްބުކް ޕޭޖުވެސް ވަނީ ބަޔަކު ހެކްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.