އީމާންވަމޭ ބުނުމަކުން އެވަރުން ނުފުދޭ: ޝައިޚު ޢިއްޒައްދީން ޢަދުނާން

Eemanvamey Bunumakun Evarun Nufudhey: Sheikh Izzadeen Adunaan
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ދުލުން އީމާންވަމޭ ބުނުމަކުން އެވަރުން ނުފުދޭކަމަށް ޝައިޚު ޢިއްޒައްދީން ޢަދުނާން ވިދާޅުވެއްޖެއެވެ.

އައްޝައިޚު ޢިއްޒައްދީން ޢަދުނާން މިހެން ވިދާޅުވެފައިވަނީ ކޯވިޑް 19 އާއި ވިދިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒިން ނެރުއްވާ ސިލްސިލާ ދަރުސެއްގައި "އީމާންވަމޭ ދުލުންބުނެ ޢަމަލު ނުކުރާ މީހާގެ މިސާލަކީ ކޮބާ؟" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޝައިޚު ޢިއްޒުއްދީން ވިދާޅުވެފައިވާ ގޮތުގައި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ތިބި އަޢުރާބީންގެ މީހުންވެސް އައިސް ތިމަންމެން މިތިބީ އީމާންވެގެންނޭ ދެންނެވުމުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ޥަޙީ ކުރައްވާފައިވަނީ قُولُوا أَسْلَمْنَا (މާނައީ: ތިމަންމެން އިސްލާމް ވެއްޖައީމުއޭ ބުނާށެވެ). މިހެންކަމުން މިޙާދިޘާއިން އިސްލާމްކަމާއި އީމާންކަމަކީ ދެކަމެއްކަން އެނގިގެންދެއެވެ. މިގޮތުން އިސްލާމްކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން، (އަދި އިސްލާމް) ދީނުގައި އައިސްފައިވާ ހުރިހާ ކަމަކަށް އަޅުގަނޑުމެން އިސްތިސްލާމް ކުރުން ނުވަތަ އެއްވެސް އުނި އިތުރެއް ނުގެނެސް ބަލައިގަތުމެވެ. އަދި އީމާންކަމަކީ އިންސާނާގެ ހިތާއި ގުޅިފައިވާ ކަމެކެވެ. މިހެންކަމުން މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ މޭފުޅަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރައްވާފައިވެއެވެ. التقوى ههنا، التقوى ههنا. (މާނައީ އީމާންކަން ވަނީ މިތަނުގައެވެ.)

އައްޝައިޚު ޢިއްޒުއްދީން އިތުރަށް ވިދާޅުވާ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އީމާންކަމަކީ އޭނާގެ ހިތުގެ ޢަމަލުތަކާއި، ބޭރުފުށުގެ ޢަމަލުތައް ހިމެނޭގޮތަށް ވާއެއްޗެކެވެ. އަދި ޢަމަލު ނުކުރެވޭ ކަމުގައިވާ ނަމަ އަޅުގަނޑުމެން މުއުމިނުންކަމުގައި ނުވާނެކަމަށެވެ. އަދި މުއުމިނުންގެ ތެރޭގައި ނުވާނަމަ އަޅުގަނޑުމެންނަށް ސުވަރުގެ ނުވަންނާނޭ ކަމަށެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.