ރާއްޖޭގެ ޚަބަރު

"ޑރ ޝަހީމުގެ ނަޡަރިއްޔާތު" މިނަމުގައި ޕްރޮގްރާމެއް ފަށަނީ

Dr Shaheemge Nazariyyathu Mi Namuga Aa Programeh Fashany

ޑރ ޝަހީމުގެ ނަޡަރިއްޔާތުގެ ނަމުގައި އާ ޕްރޮގަރާމެއް ފައްޓަވާނެކަމަށް ޑރ ޝަހީމު އިއުލާނު ކުރައްވައިފިއެވެ.

ޑރ ޝަހީމްގެ ފޭސްބުކް އަދި ޓްވިޓަރ ޕޭޖުގައި އިއުލާން ކުރައްވާފައިވާ ގޮތުގައި "ޑރ ޝަހީމުގެ ނަޡަރިއްޔާތު" މި ޕްރޮގްރާމަކީ ދީނީ، އިޖުތިމާޢީ، ސިޔާސީ، އިޤުތިޞާދީ، ޒުވާނުން، އަންހެނުން މިނޫންވެސް ތަފާތު އެކި ދާއިރާތަކުން، އިސްލާމީ ފަލްސަފާއާއި ބައިނަލްއަޤުވާމީ އުޞޫލުތަކުގެ އަލީގައި ޢިލްމީ ނަޒަރަކުން ޒަމާނާގުޅޭ އިޞްލާޙީ ވިސްނުން ހުށަހެޅިގެންދާނެ ޕްރޮގްރާމެކެވެ". މިޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ޕްރޮގްރާމް މިޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ހަވީރު 5:30 ގައި ފޭސްބުކް ލައިވް މެދުވެރިކޮށް ބޮރޯޑްކާސްޓު ކުރެވެން ފަށާނެއެވެ. މިގޮތުން މިޕްރޮގްރާމުގައި 60 އެޕިސޯޑު ހުށައެޅުމަށް ޤަޞްދު ކުރެވިފައިވާއިރު، މިޖޫން މަހު ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ 4 އެޕިސޯޑެވެ.

މިޖޫން މަހު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވާ އެޕިސޯޑުތަކުގެ ތެރެއިން ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖައްސަވާފައިވަނީ ކާމިޔާބު ޝަޙްޞިއްޔަތަކަށް ވާނީ ކިހިނެއް؟ މިމައުޟޫޢަށެވެ. އެއަށްފަހު ދެވަނަ ހަފްތާގައި ވަޒީފާގެ އިންޓަވިޔު ކާމިޔާބު ކުރެއްވުމާއި މެދު ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާއިރު ތިންވަނަ ހަފްތާގައި ބައްލަވާލައްވާނީ ޢަރަބިއްޔާ ސްކޫލު ތަރައްޤީ ކުރުމަށް ޑރ ޝަހީމު ހުށައަޅުއްވާ ހުށައެޅުއްވުންތަކަށެވެ. މިމަހުގެ ފަހު އެޕިސޯޑުގައި ބައްލަވާލައްވާނީ ދިވެހިރާއްޖޭގެ ޖުޑީޝަރީ ނުވަތަ ޝަރީޢަތުގެ ނިޒާމު ރީފޯމު ކުރެއްވުމަށެވެ.

ޑރ ޝަހީމު ވިދާޅުވާ ގޮތުގައި މިޕްރޮގްރާމަކީ ތަފާތު އެކި ދާއިރާތަކުން ޢިލްމީ ނަޒަރަކުން ޒަމާނާއި ގުޅޭ އިޞްލާޙީ ވިސްނުން ހުށަހެޅިގެންދާނޭ ޚާއްޞަ ޕްރޮގްރާމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *