8 ޝައްވާލުން ފެށިގެން ސަޢުދީ ޢަރަބިއްޔާގައި، މައްކާ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ މިސްކިތްތަށް ހުޅުވާލަން އެގައުމުން ނިންމައިފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ސައުދީ އަރަބިއްޔާ ފުރަބަންދުކޮށްފައި އޮތް އޮތުން 3 ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއްދިނުމަށް ސައުދީގެ ސަރުކާރުން ނިންމައިފިއެވެ.
ފުރަބަންދާއިއެކު ސައުދީ އަރަބިއްޔާގެ އިޤްތިޞާދަށް ބޮޑެތި ހީނަރުކަމެއް އައިސްފައިވާއިރު މިބަލި ކޮންޓުރޯލް ކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި ދުވަހުން ދުވަހަށް މިބަލި ޖެހޭ މީހުންގެ އަދަދު މަދުވެފައިނުވާއިރު އިއްޔެވެސް އެގައުމުން 2235 މީހުން ވަނީ ފައްސިވެފައެވެ. ނަމަވެސް ދުވަހުން ދުވަހަށް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ހިފެހެއްޓިފައެވެ.
މޭމަހުގެ 28 އިން މޭމަހުގެ 30 ވަނަ ދުވަހުގެ ތެރޭގައި ލުއިދިނުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފޭސް1 :28 މޭ 2020 - 30 މޭ 2020
1. މައްކާ ފިޔަވާ އެހެން ސިޓީ ތަކުގައި ހެނދުނު 6 ކުން ފެށިގެން މެންދުރު 3 ޖަހަންދެން ހުޅުވާލާގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް މައްކާގައި24 ގަޑިއިރު ކާފިއު ކުރިއަށް ދާނެއެވެ.
2. މިގަޑިތަކުގައި އެއްސިޓީއިން އަނެއްސިޓީއަށް ދިއުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ޕްރައިވެޓް ކާރުތަކަށެވެ.
3. ބަޔެއް ޝޮޕިން މޯލް ތަކާއި ހޯލްސޭލް އަދި ރީޓެއިލް ފިހާރަތަކަށް ހުޅޫވުމުގެ ހުއްދަވަނީ ދީފައެވެ. ނަމަވެސް ސެލޫން ތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައެއް ނުވެއެވެ.
ފޭސް2 :31 މޭ 2020 - 20 ޖޫން 2020
1. މައްކާގެ މިސްކިތްތައް ފިޔަވާ އެހެން ސިޓީ ތަކުގައި ނަމާދުކުރުމުގެ ހުއްދަ ދިނުން
2. މައްކާ ފިޔަވާ އެހެން ސިޓީތަކުގައި ހިންގާފައިވާ ކާފިއުގެ ވަގުތު ހެނދުނު 6 ކުން ރޭގަނޑު8 ކަށް އިތުރު ކުރުން
3. 31 މޭގައި ސަރުކާރު އޮފީސްތައް ހުޅުވުން
4. ސެލޫން ތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ފިޔަވާ އެހެން ހުރިހާ ވިޔަފާރިއެއް ހުޅުވުމުގެ ހުއްދަ ދިނުން
5. ޑޮމެސްޓިކް ފްލައިޓްތައް ފެށޫމުގެ ހުއްދަ ދިނުން
6. އެއްސިޓީއިން އަނެއްސިޓީއަށް ދިއުމުގެ ހުއްދަ ޕްރައިވެޓް ކާރުތައް ފިޔަވާ އެހެން ވެހިކަލް ތަކަށްވެސް ދިނުން
7. ގައިދުރު ކުރުމުގެ ސަރުތު ތަކާއި އެކު ރެސްޓޯރެންޓް ތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ދިނުން
ފޭސް3: ޖޫން 21 ފެށިގެން
1. ކޮރޯނާ ވައިރަސްއާއި ގުޅިގެން އެގައުމުން އަޅާފައިވާ ފިޔަވަޅުތައް އެކީ އުވާލާ އާންމު ހާލަތަކަށް ގައުމުގެނައުން
2. އުމްރާ ކުރުމުގެ ހުއްދަ ވަކި ގޮތެއް އަންގަންދެއް މެދުކަނޑާލާފައި ބޭއްވުން
3. ވަކި ގޮތެއް ނިންމަންދެން އިޓްރނޭޝަނަލް ފްލައިޓްތައް މެދުކަނޑާލާފައި ބޭއްވުން
ސައުދީ އަރަބިއްޔާއަކީ 15 ވަނައަށް އެންމެ ގިނަމީހުން ކޯވިޑް19 އަށް ފައްސިވި ގައުމެވެ. މިއަދުގެ ނިޔަލަށް އެގައުމުގައި 74،795 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. މިބަލީގައި 399 މީހުން މަރުވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 45،668 މީހެކެވެ.

















ޚިޔާލު