ކޮވިޑް19 ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ހިތޯބުގައި ވިދާޅުވީ "އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ،"ކަމަށެވެ.
ކޮވިޑް19 ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާޢަތުގެ ނަމާދު ނުކުރެވޭންވީ ކީއްވެތޯ ގިނަ ބަޔަކު ސުވާލުކުރަމުންދާ ދަނޑިވަޅެއްގައި ސަރުކާރުން މިވަނީ މިސްކިތުގައި ނަމާދު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތް ހާމަކޮށްފައެވެ.
މިސްކިތްތަށް ކުރިއެކޭ އެއްގޮތަށް ހުޅުވާލި ނަމަވެސް ސަރުކާރުން ވަނީ އެކަން ކުރާނީ ވަކި އިންތިޒާމެއްގެ ދަށުން ކަމަށެވެ. ރޭ ގައުމާއި މުހާތަބު ކުރެއްވިއިރު ރައީސް ވިދާޅު ""މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާ އެކު" ކަމަށެވެ.

















ޚިޔާލު