ދަރުސް ބާއްވަން އިސްލާމީ މަރުކަޒު މައިޒާން ނުދެވޭނެކަމަށް އަންގައިފި

ދަރުސް ބާއްވަން އިސްލާމީ މަރުކަޒު މައިޒާން ނުދެވޭނެކަމަށް އަންގައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޖުލައިމަހުގެ 5 ވަނަ ދުވަހުގެރޭ ޕީސް ފައުންޑޭޝަންގެ ފަރާތުން ބާއްވަން މަސައްކަތްކުރާ ދަރުހަށް އިސްލާމީ މަރުކަޒު މައިޒާން ދެވެން ނެތްކަމަށް މާލޭ ސިޓީ ކައުންސިލުން އެޖަމިއްޔާއަށް އަންގައިފިއެވެ.

މިކަމާއިގުޅޭ މައުލޫމާތު ހިއްސާކުރަމުން އެޖަމިއްޔާގެ އޮފިޝަލަކު ބުނީ ދަރުސް ބޭއްވުމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއް ވެފައި ވަނިކޮށް ސިޓީ ކައުންސިލުން އިސްލާމީ މަރުކަޒު މައިޒާން ދަރުސް ބޭއްވުމަށް ދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމުގައި ސިޓީ ކައުންސިލުން ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެސަރަހައްދުގައި މީހުން އެއްވާކަހަލަ ހަރަކާތްތައް ނުހިންގުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށް އެއޮފިޝަލު ހާމަކުރިއެވެ.

ޖުލައި 5 ވާ ހުކުރުދުވަހުގެރޭ ޕީސް ފައުންޑޭޝަނުން ބޭއްވުމަށް މަސައްކަތްކުރަމުންދަނީ އެޖަމިއްޔާއިން ކުރިއަށް ގެންދާ ދަ ލެގަސީ އިވެންޓުގެ ދަރުހެކެވެ. މީހުން އެއްވާކަހަލަ ހަރަކާތްތައް ނުހިންގުމަށް ކަމަށްބުނެ އިސްލާމީ މަރުކަޒު މައިޒާނުގައި ދަރުސް ބޭއްވުމުގެ ހުއްދަ އަތުލާފައިވާއިރު އެސަރަހައްދަކީ ހުކުރުދުވަހު ހަވީރު ގިނަ އަދަދެއްގެ ބިދޭސީ މީހުންވެސް ޖަމާވާ ސަރަހައްދެކެވެ.

އެމެރިކާގެ ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް އަބްދުއްރަހީމް މަކާރިޘީ ދެއްވުމަށް ހަމަޖެހިފައިވާ މިދަރުސް އިސްލާމީ މަރުކަޒު މައިޒާނުގައި އޮންނާނެކަން އިޝްތިހާރުކުރުމަށް ޕީސް ފައުންޑޭޝަނުންވަނީ މޭލޭގެ އެކި ސަރަހައްދުތަކުގައި ބެނާވެސް ދަމާފައެވެ.

ޕީސް ފައުންޑޭޝަނަށް ދަރުސް ބޭއްވުމަށް އިސްލާމީ މަރުކަޒު މައިޒާން ދިނުމަށްފަހު އަތުލާފައިވާއިރު ސަރުކާރުންވަނީ މިއަހަރުގެ ފެބްރުއަރީމަހު ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ދީން ހިމާޔަތްކުރުމުގެ ނަމުގައި އަރަބިއްޔާ ސްކޫލްގައި ބޭއްވުމަށް މަސައްކަތްކުރި ފޯރަމް ނަގަންޖެހޭ ހުއްދަ ނުނަގާކަމަށްބުނެ އަރަބިއްޔާ ސްކޫލްއަތުލާ ފޯރަމް ހުއްޓުވާފައެވެ. އަދި ފަހުން މާޗްމަހު އެފޯރަމް ބޭއްވުމަށް އަމީނިއްޔާ ސްކޫލް ހޯލު ހިފައި ފައިސާވެސް ދައްކާފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ އަމީނިއްޔާ ސްކޫލްގައި ފޯރަމް ބޭއްވުމަށް ސަލަފަށް ދީފައިއޮތް ހުއްދަ ކެންސަލްކޮށްފައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.