ރާއްޖޭގެ ޚަބަރު

ޝައިޚް އަބޫ އުސާމާ ރާއްޖެ ވަޑައިގެންފި

ޕީސް ފައުންޑޭޝަންގެ ދައުވަތަކަށް އައްޝައިޚް އަބޫ އުސާމާ އައްތަހާބީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޝައިޚްއަށް މަރުހަބާ ދެންނެވީ ޕީސް ފައުންޑޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނެވެ.

ޝައިޚް އަބޫ އުސާމާގެ މިދަތުރުފުޅަކީ ޕީސް ފައުންޑޭޝަންއިން ކުރިއަށްގެންދާ ދަ ލެގަސީ އިވެންޓްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން މާދަމާ "ކީ ޓު ސަކްސަސް" ނަމުގައި ވޯރކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، ހުކުރުދުވަހުގެރޭ އިސްލާމީ މަރުކަޒު މައިޒާނުގައި ޝައިޚްގެ ދަރުހެއްވެސް ކުރިއަށްދާނެއެވެ.
އައްޝައިޚް އަބޫ އުސާމާ އައްތަހާބީ
– އުފަންވެވަޑައިގަތީ އެމެރިކާގެ ނިއުޖާޒީއަށް 1964 ވަނަ އަހަރު
– އިސްލާމްވެ ވަޑައިގަތީ 1986 ވަނަ އަހަރު
– މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ދައުވާ އަދި އުސޫލުލްދީން އިން ތައުލީމް ހާޞިލްކުރެއްވި
– ޝައިޚް ބިން ބާޒް އަދި ޝައިޚް އުޘައިމީން ފަދަ ބޭފުޅުންގެ އަރިހުން ޢިލްމު ހާސިލްކުރެއްވުމުގެ ފުރުޞަތު ލިބުނު
– ހުޅަނގުގެ ދައުވަތުގެ މައިދާނުގައި ވަރަށް ހަރަކާތްތެރި ބޭފުޅެއް

މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސް ޝައިޚް އަބޫ އުސާމާގެ ދަރުހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަންއިން ހާމަކުރެއެވެ.

ރާއްޖެއިން ބޭރުގެ ޢިލްމުވެރިންނަށް ތަޤްރީރުކުރުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށް ގެންދާ ދަ ލެގަސީ އިވެންޓް ޕީސް ފައުންޑޭޝަންއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. މިއީ ލެގަސީގެ ތިންވަނަ އިވެންޓެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *