ރާއްޖޭގެ ޚަބަރު

އެމެރިކާ ސަފީރުދޭ ރޯދަވީއްލުން ބޮއިކޮޓްކުރަނީ

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރު އަތުލް ކެޝާޕް މާދަމާ ބާއްވަން ހަމަޖައްސާފަވާ ރޯދަވީއްލުން ބައެއް ފަރާތްތަކުން ބޮއިކޮޓް ކުރަމުން އެބަދެއެވެ.

އެގޮތުން ކުރިން ހަވީރު ނޫހުގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރު ވީނިއުސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދު ލަތީފްވަނީ ފަލަސްތީން ރައްޔިތުންނާއިއެކު ވާކަން ހާމަކުރުމުގެ ގޮތުން މާދަމާގެ ރޯދަވީއްލުމަށް ދީފައިވާ ދައުވަތު ޤަބޫލުނުކުރައްވާ ބޮއިކޮޓް ކުރައްވާފައެވެ.

އެމެރިކާ ސަފީރު ދެއްވާ ރޯދަވީއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހޮޓެލް ޖެން ގައެވެ.

އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްއާއްމުތަކަށް އެމެރިކާއިން ގެންދަނީ ފާޅުގައި އެއްބާރުލުން ދެމުންނެވެ. އެގޮތުން އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އ.ދ ގެ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓުތައްވެސް އެމެރިކާއިންދަނީ ވީޓޯ ކުރަމުންނެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *