ރާއްޖޭގެ ޚަބަރު ހެލްޕް ރޮހިންޖާ ފަންޑު 2017

ހެލްޕް ރޮހިންޖާ ފަންޑު 2017

ހެލްޕް ރޮހިންޖާ ފަންޑު 2017

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

15 ސެޕްޓެމްބަރ 2017

މިއަދަކީ މިއީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ހަރަކާތްތައް ރަސްމީކޮށް ފެށި ދުވަސް. ފަންޑް ހޯދުމުގެ ގޮތުން އައިއޭސީއާއި އެފިލިއޭޓް ވެފައިވާ ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވޭ.

ރ އަލިފުށީގައި ހެނދުނުން ފެށިގެން ފަންޑް ހޯދުމަށް ޓީޝާޓް ޕްރިންޓް ކުރުމާއި ކުރުނބާ ފަނި ވިއްކުމާއި ކަޕް ކޭކް ވިއްކުމާއި ކުޑަކުދިންގެ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ރޮހިންޖާ މުސްލިމުންނާއި އެކުގައިވާކަން ހާމަކުރުމަށް ރަށުގެ ގިނަ ރައްޔިތުންނެއްވަނީ ހަވީރު ބަނދަރަށް ޖަމާވެ އަޑު އުފުލާފަ. މިހަރަކާތުގެ ތެރެއިންވެސް ފަންޑް އެއްކުރުމަށް 3 ފޮށްޓެއް ބެހެއްޓިފައިހުރި

ނ ވެލިދޫގައި ކަޕްކޭކް ވިއްކުމާއި ފަންޑް އެއްކުރުމަށް ކުޑަކުދިންގެ ހަރަކާތްތަކެއްވަނީ މިއަދު ކުރިއަށް ގެންދެވިފައި

ތ ބުރުނީގައި ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބެހެއްޓި ތެލުލި ބަނބުކެޔޮ ވިއްކައިގެން ފަންޑް އެއްކުރުމުގެ ހަރަކާތްތައް ކުރިއަށްދިޔަ. އަދި ޅ އޮޅުވެލިފުއްޓާއި އައްޑޫ ސިޓީގައިވެސް ފަންޑު ފޮށިތައް ބަހައްޓާ ފަންޑު އެއްކުރުމުގެ ހަރަކާތްތައް މިއަދުވަނީ ކުރިއަށް ގެންގޮސްފައި

މީގެ އިތުރުން ދ ކުޑަހުވަދޫ، ރ މީދޫ، ރ މަޑުއްވަރި، ތ ގުރައިދޫ، ނ މާފަރު، ކ ގާފަރު، ހދ މަކުނުދޫގައިވެސް ފަންޑް ހޯދުމުގެ ތަފާތު ހަރަކާތްތަކެއްވަނީ ކުރިއަށް ގެންގޮސްފައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.