އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރި ހަތް ނޫސްވެރިން ދުކޮށްލައިފިއެވެ.
އެމްޑީޕީ ހަރުގެކައިރީގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކޮށްފައިވަނީ ސަންގު ޓީވީގެ ހަތަރު ނޫސްވެރިޔަކާއި ރާއްޖެ ޓީވީގެ ތިން ނޫސްވެރިއެކެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ނޫސްވެރިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފުުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.
ނޫސްވެރިން ހައްޔަރުކުރުމާއި ގުޅިގެން މީޑިއާ ކައުންސިލްގެ ފަސް މެންބަރަކުވެސްވަނީ ޕޮލިހަށް ގޮސް މަޝްވަރާކޮށްފައެވެ.
ސަންގު ޓީވީ އާއި ރާއްޖެ ޓީވީގެ ނޫސްވެރިން ހައްޔަރުކުރުމުގެ ސަބަބުން އެދެޓީވީ ޗެނަލްގެ ލައިވް ވަނީ މެދުކެނޑިފަ އެވެ.

















ޚިޔާލު