ރާއްޖޭގެ ޚަބަރު

ގުރުއާނާ ބެހޭ މަރުކަޒުގެ ދެވަނަ ސެމިސްޓަރ ގެ ކޯސްތަކުގެ މުއްދަތު އިތުރު ކޮށްފި

ފޮޓޯ / ވީއެފްޕީ

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގައި މިއަހަރުގެ ދެވަނަސެމިސްޓަރ ގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން އެމަރުކަޒުން ހިންގާ ގިރާއަތު ސެޓްފިކެޓް 1، 2 އަދި 3 ގެ ކޯސްތަކާއި ގާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ގިރާއަތު ސެޓްފިކެޓް 1 ގައ ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާފައިވާ، އުމުރުން 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ސެޓްފިކެޓް 2 ގައި ބައިވެރިވެވޭނީ ސެޓްފިކެޓް1 އިން ފާސްވެފައިވާ ފަރާތްތަކަށެވެ. ސެޓްފިކެޓް 3 ގައި ބައިވެރި ވެވޭނީ ސެޓްފިކެޓް 2 ހަދައި ފާސްވެފައިވާނަމައެވެ.

ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓްގައި ބައިވެރިވެވޭނީ ގިރާއަތު ލެވެލް 3 ފުރިހަމަކޮށް ފާސްވެފައިވާ ފަރާތްތަކަށެވެ.

މިކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން މަރުކަޒުންދޭ ބަސްދީގަތުމަކުން ފާސްވާން ޖެހޭނެއެވެ.

ފޯމް ހުށަހަޅަން ޖެހެނީ ޖުލައި ތިން ވަނަ ދުވަހުގެ 1400 ގެ ކުރިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *