ރާއްޖޭގެ ޚަބަރު

ސެޓް ޔުއަރ ގޯލްގެ މިރަމަޟާންމަހުގެ ފުރަތަމަ އިވެންޓް ބާއްވައިފި

ހުޅުމާލެ އަލް ހިޖްރައިން ކުރިއަށްގެންދާ ސެޓް ޔުއަރ ގޯލްގެ މިރަމަޟާންމަހުގެ ފުރަތަމަ އިވެންޓް ބާއްވައިފިއެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެގެ އަޞްރު ނަމާދަށްފަހުގައި ހުޅުމާލެ ވަގުތީ މިސްކިތްކައިރީގައެވެ.

މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް އިއްޔެގެ ހަރަކާތުގައިވެސް ދީނީ ޢިލްމުވެރިންނާއި ސުވާލުކުރުމާއި، މުޞްހަފު ބެހުމާއި ސްމާރޓް ފޯން ގެންގުޅޭ ފަރާތްތަކުގެ ފޯނަށް އެކިއެކި ޤުރުޢާން ކިޔެވުންތަކާއި ދަރުސްތައް އިންސްޓާލް ކޮށްދިނުމާއި އެކިއެކި ދީނީ މައުލޫމާތު ލިބިދޭ ފޮތާއި ލީފްލެޓް ބެހުމުގެ ކަންކަން ކުރިއަށް ދިޔަކަމަށެވެ.

އިއްޔެ އިވެންޓުގައި ދީނީގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމްއާއި އައްޝައިޚް ނިމާލު މުހައްމަދާއި އައްޝައިޚް އަލީ ނިޝާމްގެ އިތުރުން އައްޝައިޚް އަހުމަދު ޝުއައިބު އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހާމިދު އިތުރަށް ވިދާޅުވި ގޮތުގައި ސެޓް ޔުއަރ ގޯލްގެ ހަރަކާތްތައް ރަމަޟާންމަހުގެ ކޮންމެ ހުކުރުދުވަހަކު ކުރިއަށް ދާނެ ކަމަށާއި މިއަހަރުގެ ތިންވަނަ އިވެންޓް ހާއްސަކުރެވިފައިވަނީ ކުޑަކުދިންނަށް ކަމަށެވެ.

މިއީ 1435 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކުރިއަށް ގެންދާ މިހަރަކާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *