ރާއްޖޭގެ ޚަބަރު

އިންޓަރ ސްކޫލް ޤުރުއާން މުބާރާތް ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލުތަކަކަށް ހުޅުވާލައިގެން ކުރިއަންގެންދާ ފުރަތަމަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތް ފަށައިފިއެވެ.

ޤުރުއާން މުބާރާތް ފަށާފައިވަނީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ.

މިމުބާރާތް ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުންކުރިން ހާމަކޮށްފައިވާ ގޮތުގައި މިމުބާރާތުގައި ޖުމްލަ 380 ދަރިވަރުން ބައިވެރިވާނެއެވެ. އެގޮތުން ވ. އަތޮޅުގެ ސްކޫލްތަކުން ހޮވޭ ހަ ދަރިވަރަކާއި އެހެން ކޮންމެ އަތޮޅެއްގެ އަތޮޅު ސްކޫލްތަކުން ހޮވޭ 12 ދަރިވަރުންގެ އިތުރުން އައްޑޫ ސިޓީން ހޮވޭ 18 ދަރިވަރަކާއި މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން ހޮވާލެވޭ ހަ ދަރިވަރަކު މުބާރާތުގައި ވާދަކުރާނެއެވެ.

މިމުބާރާތުގައި ހިތުންނާއި ބަލައިގެން ކިޔެވުމުގެ ބައި ހިމެނޭއިރު، ކޮންމެ ބަޔަކުންވެސް ތިން ކެޓަގަރީއަކުން ބައިވެރިން ކިޔަވާނެއެވެ. އަދި އެހެން މުބާރާތްތަކާއި ތަފާތުކޮށް މިމުބާރާތުގައި މުޅި ޤުރުއާން ހިތުދަސް ދަރިވަރުންނަށް ހާއްސަކުރެވިފައިވާ ބައެއް ހިމެނެއެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔެވުުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މިމުބާރާތުގެ ކިޔެވުން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *