އިސްލާމިކް ޔުނިވަރސިޓީ އޮފް ދަ މޯލްޑިވްސްގައި ޓީޗިން ކޯސްތައް ހަދާ ދަރިވަރުްނނަށް އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ހެޔޮއެދުންތަކާއެކު ހުޅުވާލި 40 ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އައިޔޫއެމްއިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ، 2017 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގައި ފަށާ ބެޗްލާސް އޮފް ޕްރައިމަރީ އެޑިޔުކޭޝަން އަދި ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން މިދެކޯހުން ކޮންމެ ކޯހަކުންވެސް 20 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ދެވޭނެ ކަމަށެވެ.
މީގެ ތެރެއިން ބެޗްލާސް އޮފް ޕްރައިމަރީ އެޑިޔުކޭޝަން ކޯހަކީ ތިން އަހަރު ދުވަހުގެ ކޯހެކެވެ. އަދި ޑިޕްލޮމާ އިން އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހަކީ، އެއް އަހަރު ދުވަހުގެ ކޯހެކެވެ.
އައިޔޫއެމްއިން ބުނީ މިސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ މުޅި ކޯސްފީ ދައްކައިދޭނީ އެކްސެލްއިންޓަރނޭޝަނަލް ސްކޫލުން ކަމަށާއި، މިސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުން މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެސްކޫލަށް ހިދުމަތްކޮށްދޭންޖެހޭނެ ކަމަށެވެ.
މިސްކޮލަޝިޕްތަކަށް އެދޭ ދަރިވަރުން ޖެނުއަރީ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ފޯމްހުށައަޅަންޖެހޭނެ ކަމުގައި އައިޔޫއެމްއިން ބުނެފައިވެ އެވެ.

















ޚިޔާލު