އިސްލާމިކް ފައިނެންސް އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.
އައިސީޑީ-ތޮމްސަން ރޮއިޓާސް އިން އާންމު ކުރާ އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް 6 ގެ ރިޕޯޓުގައި ރާއްޖެ ހިމެެނިފައިވާއިރު މި ސަރަހައްދުން މި ލިސްޓުގައި ދެން ހިމެނެނީ ޕާކިސްތާނެވެ.
އެ ރިޕޯޓުގައި ޕާކިސްތާނާ ޖެހިގެން ރާއްޖެ ލިސްޓުކޮށްފައިވާއިރު 2012 އިން 2015 އަށް އިސްލާމިކް ފައިނޭންސް ދާއިރާއިން އެންމެ ބޮޑަށް ކުރިއަރާފައިވަނީ ރާއްޖެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ މުއައްސަސާތަކުންނާއި އެކި ސިނާއަތްތަކުން އިސްލާމިކް ބޭންކިން ހިދުމަތް ހޯދާފައިވާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި އިސްލާމިކް ބޭންކިން އެސެޓްގެ ގޮތުގައި 114.14 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އިސްލާމިކް ފައިނޭންސްގެ އިތުރުން ތަކާފުލްގެ ދާއިރާގައިވެސް ރާއްޖެ އަންނަނީ ކުރިއަރަމުން ކަމަށް ރިޕޮޓުގައި ވަނީ ބުނެފައެވެ.
އިސްލާމިކް ފައިނޭންސް ކުރިއަރާފައިވާ ގައުމުތައް ދެެނެގަތުމަށް ނެރޭ މި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ގިނައީ ގަލްފް ސަރަހައްދަށް ނިސްބަތްވާ ގައުމުތަކެވެ.

















ޚިޔާލު