ށ.ކަނޑިތީމުގައި އުމުރުން ދުވަސްވީ މީހަކު އާޅާލާނެ މީހަކުނެތި އޮރިޔާން ހާލުގައި ފަޅުގެއެއްގެ ތެރޭގައި އޮންނަތާ އެތައް މަހެއް ވެފައިވާ ކަމަށް އެރަށުގެ އޮންލައިން ނޫހެއް ކަމަށްވާ "ކަނޑިތީމު އޮންލައިން" އިން ބުނެފިއެވެ. އެނޫހުން ބުނެފައިވަނީ މިމީހާ އަކީ ކަނޑިތީމު މާފޮޅޭގެ، މުޙައްމަދު ޞާލިހް ކަމަށާއި، އޭނާއަކީ ގާތްގަނޑަކަށް އުމުރުން 70 އަހަރުގެ، ބުއްދި ހަމަނުޖެހޭ މީހެއް ކަމަށެވެ.
ރަށުގެ ބައެއް މީހުންނާއި ޙަވާލާދީ "ކަނޑިތީމު އޮންލައިން" އިން ބުނެފައިވަނީ ޞާލިޙް އަށް ކާން ދެނީވެސް އަވައްޓެރިން ކަމަށާއި، އޭނާއަކީ އަބަދުވެސް ބުއްދި ގޯސް މީހެއްކަމަށާއި އެހެންނަމަވެސް މީހުންނަށް އުނދަގޫކޮށް އުޅޭމީހެއް ނޫންކަމަށެވެ. އަދި އޭނާއަށް މިހާރު ހިނގާބިނގާވެ ނޫޅެވޭތާ އެތައްދުވަހެއް ވެފައި ވާއިރު މިހާރު ލޯވެސް އަނދިރިވެފައިވާކަމަށެވެ. އަދި އެގޭގެ ތެރޭގައި އޭނާ ފެން ނުވަރުވާ އޮންނައިރު އޭނާ ނިދަނީވެސް ފަޅުގޭގެ ބިންމަތީގައި ގޯނިގަނޑެއްފާޑު އެއްޗެއް އަޅައިގެން ކަމަށާއި، ބޯން ގެންގުޅޭ ފެންފުޅީގައިވެސް ހުންނަނީ ފެހިޖަހާފައި ކަމަށާއި، ގިނައިން އޮންނަނީވެސް އޮރިޔާން ހާލުގައި ކަމަށެވެ. އަދި ސަރުކާރުން އޭނާއަށްދޭ އެލަވަންސްވެސް ނަގަނީ އޭނާގެ ދަރިފުޅު ކަމަށް ކަނޑިތީމު މީހަކު އެނޫހަށް މަޢުލޫމާތު ދީފައިވާ ކަމަށާއި، އޭނާގެ އެންމެހާ އިންސާނީ ޙައްޤުތަކެއް ވަނީ ނިގުޅާގަނެވިފައި ކަމަށް އަވައްޓެރިންދެކޭ ކަމަށް އެނޫހުން ބުނެއެވެ.
ޞާލިޙްގެ ހުރި ހަމައެކަނި ދަރިފުޅު ކަމުގައިވާ މުޙައްމަދު ވާފިރު ދަރިންނަށް ކިޔަވައިދިނުމަށްޓަކައި މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށާއި، "ކަނޑިތީމު އޮންލައިން" އިން މުޙައްމަދު ވާފިރު އާއި ޙަވާލާދީ ބުނެފައިވަނީ މިއީ ތެދު ޚަބަރެއް ކަމަށާއި، ބައްޕަ ދޫކޮށްލާފައިވެސް ވާފިރަށް ދަރިން ބަލަން އެބަ މަޖުބޫރުވާ ކަމަށާއި، ވާފިރު ކުރާ މަސައްކަތް ހުއްޓާލައިފިއްޔާ އޭނަގެ ދަރިންނަށް ކިޔެވޭނެ ގޮތެއް ނުވާނެ ކަމަށެވެ. އަދި ބައްޕަ ގުރައިދޫ އަށް ގެންދެވޭތޯ ކިތަންމެ ވަރަކަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ނުދާކަން ކަމަށާއި، ދެން ވާފިރަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ކަނޑިތީމު ކައުންސިލްގެ ރައީސް ނަސްރުﷲ އަބްދުލް ޣަނީ އާއި ޙަވާލާދީ އެނޫހުން ބުނެފައިވަނީ މިމައްސަލާގައި ކަމާއި ބެހޭ ފަރާތްތަކަށް މެސެޖު ފޮނުވާފައިވާ ކަމަށާއި، އަދި އޭގެ ޖަވާބު ލިބިފައިނުވާކަމަށް ނަސްރުﷲ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޞާލިޙްގެ ހުރިހާ މައުލޫމާތެއް ބަލާފައިވާ ކަމަށާއި، އޭނާ މިހާރު އޮތް ޙާލަތުން އޭނާއަކީ އެއީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީ އަށް ބޭނުންވާ މަރުކަޒަށް ގެންގޮސްގެން ފަރުވާދެވޭ ޙާލަތުގައި އޮތް މީހެއްނޫން ކަމަށް އެނގިފައިވާ ކަމަށާއި، ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުމުގެ ކުރިން ނަސްރުﷲ އަމިއްލަފުޅަށް އޭނާ އޮތް ތަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އޭނާއަކީ މިހާރު ލޮލުގެ ފެނުންވެސް ގެއްލިފައިވާ މީހެއް ކަމަށާއި އަދި އޭނާ އޮތީ ވަރަށް ނުޠާހިރުކޮށް ކަމަށެވެ. އަދި މިމައްސަލަތައް މިހެން ދިމާވެގެން މިއުޅެނީ އޭނާގެ ބަލަދުވެރިޔާ އެކަށީގެންވާގޮތުގައި ޒިންމާ ނުނެންގެވުމުން ކަމަށާއި، ވެތުވެ ދިޔަ ދެމަސްދުވަހުގެ ތެރޭގައި އޭނާގެ ބަލަދުވެރިޔާ މުޙައްމަދު ވާފިރު ރަށު ކައުންސިލަށް މިކަމާއިބެހޭ އެއްވެސް މަޢުލޫމާތެއް ދީފައިނުވާކަމަށެވެ.

















ލާ ޙައުލަ ވަލާ ޤުއްވަތަ އިއްލާ ބިﷲ…..
މާތް ﷲ ސާލިޙަށް ހެޔޮ ތައުފީޤު ދެއްވާށި. އަދި ތަނަވަސް ދިރިއުޅުމެއް ދެއްވާށި. ސާލިޙުގެ ދަރިންނަށް ހެޔޮ ވިސްނުން ދެއްވާށި..އާމީން
kadithymu rashu office in mikamah xinmaa vaan jeheyneh…mygen ingeny kaditheemuge rashu office ge faruvaa kudakan…mikahalah myhunah jeheyneh rashu office in hureveyyyneh gotheh hadhaiddhinumaky emyhunge xinmaa eh!!!!
ލިޔުން ލިޔެފަ މިއޮތީ ވަރަށް ފެންވަރު ފެރަކޮށް!!!
ކޮންމެތާކު “ކަމަށާއި” މި ބަސް ގެނެސްފައިވާލ؛ެއް ގިނަކަމުން ކިޔުންތެރިންނަށް ވަރަށް އުނދަގޫ ގޮތެއް ހުންނަކަން ފާހަގަކޮށްލަން.
ލިޔުން ލިޔެފަ މިއޮތީ ވަރަށް ފެންވަރު ދެރަކޮށް!!!
ކޮންމެތާކު “ކަމަށާއި” މި ބަސް ގެނެސްފައިވާލ؛ެއް ގިނަކަމުން ކިޔުންތެރިންނަށް ވަރަށް އުނދަގޫ ގޮތެއް ހުންނަކަން ފާހަގަކޮށްލަން
nooney meenage dhari mikamuga varah bodah kuvveri,eyna jeheyne eynage bappa balan ragalhah,eyna dheh ki uzuru gabool nukurevey ne.dharin balaa hen bappa ves balan jeheyne..eves eynage meeheh,,hithah hama ekah cheh ves naara..
asluves rashu offeehun nuny sarukaarun mifadhanikamethi meehunah alhaaln ei konmehen kuranjeheynekameh..adhi eynage aailage meehunah heyovisnadhee emyhunnah egothah kanthhanukurumah naseyhaitherivumakee erashu konme rayyithehggeves zimmaeh..
އަހަރެން ދެކޭ ގޮތުގައި މައިން ބަފައިން ބެލުމަކީ ދަރިންގެ ޒިންމާއެއް، މައިންބަފައިން މުސްކުޅިވެ ނުކުޅެދޭ ހާލަތަށް ދިޔުމުން ސަރުކާރު އެކަމުގައި ޒިންމާކުރުވަން އުޅުމަކީ ދަރިންގެ ނުބައިކަމާއި ނުލަފާކަން ނޫން އެހެންކަމެއް ނޫން! މި މީހާއަކީ އަހަރުމެން ކުޑައިރުން ސުރެ މޮޔަމީހެއްގެ ގޮތުގައި އުޅެމުން އަންނަ މީހެއް. މީނާ އަކީ ބޭސްފަރުވާ ކޮށްގެން ބެލިނަމަ ރަނގަޅުވާނެވެސް މީހެއް. މީނާގެ ތިމާގެ މީހަކު މީނާއަށް ބޭސްކޮށްގެން ރަނގަޅުވެގެން މަހަށްގޮސް މިސްކިތަށް ނަމާދަށްވެސް ގޮސް އުޅުނުތަން އަހަރެން ދުށިން. ފަހުން އޭނާ މޮޔައެއްގެ ހާލަތަށް ގޮސް އެހެރީ މީނާގެ ހުރި ހަމައެކަނި ދަރި އާ މީނާ ހަވާލުކުރިފަހުން ފަރުވާ ނުކުރީމާ! މީ ދަރިއަކު ބައްޕައަކަށް ވާނެ އެންމެ ބޮޑު އިހުމާލު! ބައްޕަ ނުބަލާ ހަމައެކަނި ދަރިން ބެލުމުން އޭނާއާ ޤިޔާމަތް ދުވަހު ސުވާލު ކުރެވޭއިރު ދޭނީ ކޮން ޖަވާބެއްބާ!މީނާގެ ދަރި މާލެ ބަދަލުވީ ދަރިންނަށް ރަށުގައި ކިޔަވައި ނުދެވިގެންނެއްނޫން! ކުދިން ގެންދިޔައީ އަދި މިއަހަރު. އޭނަ މާލެ ބަދަލުވިތާ ދެއަހަރު ވެއްޖެ. އަހަރެން ދެކޭގޮތުގައި އޭނާ މާލެގޮސް އެހެރީ ބައްޕަ ނުބަލަންވެގެން. އެހެންނަމަ ބައްޕަ ބަލަން މީހަކާއި ހަވާލުކޮށްފައި ސަރުކާރުން ދޭލާރި ބަލަހައްޓާ މީހަކަށްވެސް ދެވުނީހެއްނު!
އަދިވެސް ރަށުއޮފީސްތަ؟ ކޮބާތަ އޭނަގެ ދަރި
Kihiney vaanee Wafir umuruge e hisaabah dhaa iru wafir ge dhareen waafir aai medhu e gothah kanthah kohfiyya. Wafir kuda kujjakun bodu meehakah vee ves gaimu konme ves meehaku balaigen thaa . History akee repeat vaa echcheh kan hadhaan kohlun rangalhu.
sarukaarun dhey laari dharifulhu nagaingen nuvaane! horrible son! go to hell
we got the msg anyway
thi firi hen dhari muskulhi eh nuvaanebaa ey hithah araa…… muskulhivaadhuvahu theenage dharin thi firihen meehaa ah ves hadhaanee hama thihen kahneyge,,,,,, pis pis
bala e bappa neith nama thibaa dhuniyeyga thigothah ulhewunees tha? koba hithuga rahumaa kulunu? thimaage dharin thimaayah kanthah kuraane gotheith egay baa? mainbafain naky kihaa wareh ge ba yeh kan hithah wes naa rany baa ?thimaayaa kanthah dhuniyeyga kanthah dhimaawaany kihineth kan egaybaa?
ލިޔުމާ ދޭތެރޭ އިތުރު އެއްޗެއް ބުނާކަށް ނެތިން ކޯސް ނިންމާލީމަ ޚަބަރާއި ފީޗަރ ރިޕޯޓްގެ ތަފާތު އެނގި ޚަބަރު އެކުލަވައިލާނެ ގޮތާއި ލީޑަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭނެ
ehaa nikamethikoh insaanakaa dheytherey hadhaakah nuvaane. hiley myheh noon thimaage bappa. adhi nuvi thaakah emyhaa yah libey ethikolhuvess gendhany. thiya dhariyah allah heyo visnun dhehvaashi! aamyn!!!!
މީހުންގެ ލިޔުމަށް ފާޑުކިޔާއިރު ތިމާ ލިޔެ ފައިވާ އެއްޗެއްސަށް ވިސްނާލުން ކިހިނެއްވާނެބާ!
ކަމާބެހޭ ފަރާތްތަކަށް މެސެޖު ފޮނުވުނަތް މުހިއްމީ ، ނުނީ ބައްޕަ ނިކަމެތި ހާލުގައި ބާއްވާފައި ދަރިން ގޮވައިގެން މާލޭގައި ދިރިއުޅުންތަ މުހިންމީ، އަޅެކަނޑިތީމުގައި މުސްލިމުން ނޫޅެނީތަ މިދެން ތަންފުކެއް ބުޑުވަރު، މިމުސްކުޅި ބޭބެ އަށް އެހީތެރިވާނެ ރައްޔިތެއް ހަމަ ކަނޑިތީމުގައި ނެތީތަ
this is where we endup when people become arrogant and ignorant.
ެއަޅޭ!!!!ކިހާ ހިތާމައެއް އެފަކީރު ކުރާނެދޯ،މިއޮއްހާ ދުވަހު ދުނިޔޭގަ އަޅާލާނެ މީހަކު ނެތުމުން މަރުނުވެ އޮތްކަންވެސް ރަގަޅޫ،ކޮންމެ އެއްޗެއްކީ ކަމުގައިވިޔަސް އެމީހުން މުސްކުޅި ވި ދުވަހު އެހެން ހަދާކަށް ނުވާނެދޯ!ދަރިންނަށް ކިޔަވައިނުދެވިދާނެތީ އުޅޭ މީހަކުގެ ބައްޕަވެސް އެދަރިފުޅު ބޮޑު ކުރުމަށް ކިހާވަރެއްގެ މަސައްކަތެއް ކޮށްފާ ވާނެބާ!ދެރަ ދެރަ އަމިއްލަ އެދުން ހަމަ ބޮޑީ..