ރާއްޖޭގެ ޚަބަރު

ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާކުރެއްވުމަށް އެދި ރަސޫލާ ކުރެއްވެވި ދުޢާ ނަޝީދުގެ މައްޗަށް ކުރިން: ޑރ ޝަހީމް

ޑރ ޝަހީމް | ފޮޓޯ: ދިއިސްލާމް

ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާކުރެއްވުމަށް އެދި ރަސޫލާ ކުރެއްވެވި ދުޢާ ނަޝީދުގެ މައްޗަށް ކުރިން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އދ. މަހިބަދޫގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި ޑރ ޝަހީމް ވިދާޅުވީ "އެއްވެސް ވެރިކަމެއް ބަދަލުކުރުމަށް އަޅުގަނޑު ދުޢާއެއް ނުކުރަން ކެނެރީގޭ ނަޝީދުގެ ވެރިކަން ފިޔަވާ. ސަޖިދައިގާ އަޅުގަނޑު ދުޢާކުރިން. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ މޫނުފުޅަށް ކުޅުޖެހި އިންސާނާގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ކުރެއްވި ދުޢާ އަޅުގަނޑު ކުރަމުން ދިއައިން ކޮންމެ ނަމާދެއްގެ ސަޖިދައިގާ. اللهم سلط عليه كلبا من كلابك ، "އޭ ﷲއޭ! އިބަރަސްކަލާނގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް އެމީހާގެ މައްޗަށް ފާކުރައްވާނދޭވެ!" ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ މޫނުފުޅަށް ކުޅުޖެހި މީހާއަށް ދުއާކުރެއްވި އެމީހާގެ މައްޗަށް. އެމީހާ ދަތުރު ފަތުރުގައިގޮސް ކޮންމެސް ތަނެއްގައި ނިދާފައި އޮއްވާ މިނިކާކުއްތާއެއް އަރައިގެން އައިސް އެންމެންގެ ވަސްބަލަމުންގޮސް އޭނަގެ ވަސްބަލާފަ އޭނާ ދުއްވާލާފަ ދިޔައީ."ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.

ޑރ ޝަހީމް މީގެ އިތުރުން ވިދާޅުވީ "ﷲ ތަޢާލާ ނަޝީދުގެ ވެރިކަމުގައި ސިއްކަ ޖެއްސެވީ ރާއްޖޭގައިތިބި އެންމެ ބާރުގަދަ މީހުން އޭނާގެ މައްޗަށް ފާކުރެއްވުމަށްފަހު" ގައި ކަމަށެވެ. "އެދުވަސްވަރަކީ ނަޝީދުގެ ވެރިކަން މެދު އުޑުގައި ޖެހިފައިހުރިފަދަ ބާރުގަދަ ދުވަސްވަރެއް. އޭރުގައި ހައްޔަރު ކުރި ސިޔާސީ ބާރުގަދަ މީހުންގެ ތެރޭގައި ގާސިމްއާއި، ޝައިޚް އިމްރާން، ޔާމީން، ޑރ މައުރޫފް ހިމެނޭ"ކަމަށްވެސް ޑރ ޝަހީމް ވަރަށް ޖޯޝާއި ފޯރީގައި ދެއްކި ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ނަޝީދުގެ ވެރިކަން ނިމިގެން ދިޔަ ސަބަބަކަށްވެފައިވަނީ މީހުންގެ އަބުރާއި މީހުންގެ ޝަރަފާއި މީހުންގެ އިއްޒަތް މުގުރާލާފައި ދައުލަތުގެ ވެރިކަން ހިންގަން އުޅުނީމާ ރައްޔިތުންގެ ބަދުދުޢާ ޖެހި އެވެރިކަމަށް ޒަލްޒަލާއެއް އައުން"ކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

ގުޅުންހުރި

10 ޚިޔާލު

  1. އަޅުގަނޑު ބުނާނެ އެއްޗެއްނެއް އެއީ ދީނީ ޢިލްމުވެރިން އެ މަނިކުފާނު ވިދާޅުވި ވާހަކަ އެގިލައްވާނީ އެ މަނިކުފާނަށް.

  2. ތިދުއާ ޝަހީމުގެ މައްޗަށް ކުރުން އޯކޭތަ؟

  3. އަހަރެންނަކީ ތަނެއް ދޮރެއް ދަންނަ މީހަކީމެއްނޫނެވެ. ނަމަވެސް އެއްވެސް ޝައްކެތްނެތްގޮތުގައި “ފިތުނަ އުފެއްދުން މީހުން ކަތިލުމަށްވުރެ ނުބައިކަން މާބޮޑެވެ.” އަހަރެން ދަންނަ އިސްލާމީ ރިވެތި އުސޫލުތަކުގެތެރޭގައި އޮންނަނީ މީސްތަކުންނަށް ތެދުމަގު ދައްކަވާތޯ ހެޔޮ ދުޢާ ކުރުމެވެ. ވެރިއެއްގެ އަނިޔާއިން ސަލާމަތްވުމަށްވެސް އެ ވެރިޔަކަށް ތެދުމަގުދައްކަވާތޯ ހެޔޮދުޢާ ކުރަން އޮވެއެވެ. ތިޔަކަމުންވެސް އެއްވެސް ޝައްކެތްނެތްމިންވަރަށް ހާމަވަނީ ޢިލްމު ލިބިފައިވުމެއްކަމަކު ޝަހީމުގެ ބޮޑާކަމާ “ޖާހިލު”ކަމެވެ. ކީރިތި ރަސޫލާ (ސއވ) އަށް މުޝްރިކުން ކުޅަހާ އަނިޔާއަކަށް ކެތްކުރައްވައި އެތައް ލައްކަ އަނިޔާވެރިއަކަށް ކުރެއްވި ހެޔޮ ދުޢާފުޅުތައް ހަނދުމަނެތިކޮށް ކުރެއްވުނު އެންމެ ބަދު ދުޢާފުޅެއް ތިޔަ ފާހަގަކުރީވެސް ހުރި ޖާހިލުކަމެއްގެ ބޮޑުކަމުންނެވެ. ތިޔަކަހަލަ “ޝޭޚުން”ގެ ތަބީއަތަކީވެސް މީހެއްގެ ކިބައިފެންނަ ރަނގަޅުކަންކަން ވަންހަނާކޮށް ކިތަންމެ ކުޑަ ނުބައިކަމެއްފެނުނަސް އެކަމެއް ހާމަކޮށް ފަލީހަތްކުރުމެވެ. ތިޔަކަހަލަ ޝޭޚުންގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތައް މިދަނީ ފަސާދަވެ މުސްލިމުން ބިކަވެ ނިކަމެތިވަމުންނެވެ. ބިމުގައި ފަސާދައުފައްދާ މީހުންނަށްހުރި ނުބައިކަމުގެބޮޑުކަމާއެވެ.

  4. އަހަންނަކީ ތަނެއް ދޮރެއް ނުދަންނަ މީހެކޭ ބުނެފަ އިތުރަށް ކޮމެންޓް ކުރުމުގެ ބޭނުމެއް ނޯންނާނެ،ސަބަބަކީ ތަންދޮރު ނުދަންން މީހުން ޚާއްސަކޮށް އިސްލާމްދީނުގެ ވާހަކަ ދައްކަން ބޭނުން ވާނަމަ އެކަމެއްގެ ޢިލްމު ހޯދައި އުގެނިގެން ދެއްކުމަކީ އެކަން އޮންނަ ގޮތް ކަމަށްވާތީ އަދި ބިމުގައި ފަސާދަ އުފެދެނީ ތަންދޮރު ނުދަންނަ މީހުން ތަންތަނުގެ ވެރިންނަށް އިސްކުރެވި އަދި އެމީހުން ދީނީކަންކަމުގައި ފަތުވާތައް ނެރުމުގެސަބަބުން ކަން ޤިޔާމަތުގެ ޢަލާމަތް ތަކާބެހޭ ޙަދީޘް ތަކުން ސާބިތުވާތީ އެވެ. މުސްލިމަކު الله ގެ އާޔަތް ތަކަށް އިންކާރުކޮށް މުރުތައްދު ވުމުން ދީނުގެ ޢިލްމުވެރިން އޭނާޔަށް ނަސޭޙަތް ތެރިވެ ރަގަޅު މަގަށް ރުޖޫޢަ ވުމަށް ގޮވާލުމުންވެސް އެކަމަށްވެސް އިންކާރުކޮށް އެގޮތުގައި ދެމިހުރެއްޖެ ނަމަ އޭނާގެނުބައިކަމުން އެހެންމުސްލިމުން ސަލާމަތް ކުރުމަށްޓަކައި ދުޢާކުރުމަކީ އެކަން އޮންނަ ގޮތްކަމުގައި އަހަރެމެންނަށް ހަމަނޭގެނީ ހެއްޔެވެ…؟؟؟؟

  5. އަންނި ތިޔަ ބަދު ދުޢާގައި ޖެހިގެން ވިއަސް ވެރިކަމުން އިސްތިއުފާ ދިނުން އެއީ އިސްލާމް ދީނަށް ލިބުނު ނަޞްރެއްކަމުގައި ދެކެން. ދީނަށް ކެރިގެންހުރެ އެހާ ފުރައްސާރަކުރިވެރިއެއް ނާދެ. ޝަހީމް އޭ ޝޭޚުންނޭ ކިޔާ ތިޔަ ކޮމެޓްކުރަމީހުން ނަކީ ދީނާ މެދު އެއްވެސް ޣީރަތްތެރިކަމެއް ހުރި ބައެއްނޫން. ތިމީހުންނަށް ތަބާވާންޖެހޭ ފަރާތްވެސް އޮތީ އޮޅިފަހެންހީވަނީ. ދީނުގައި އޮންނަނީ ފުރަތަމަ ﷲއަށާ އެކަލާނގެ ރަސޫލާއަށް އީމާންވުމަށް ނަމަވެސް މިހާރުވެފައިވާ ގޮތަކީ އެފާރާތްތަކަށް ކިޔަމަންތެރިކަން ދޫކޮށް އެހެނިހެން ފަރާތްތަކަށް ކިޔަމަންތެރިިވުމީ އެންމެ ރަގަޅުގޮތް ކަމުގައި ތިމީހުން ދެކެނީ. އިސްލާމް ދީނަށް ކޮންމެ ގޮތެއް ހެދިޔަސް ތިމީހުންނަށް ހެޔޮ. ދެން ކޮން އިސްލާމް ދީނެކޭ، ރިވެތި އުސޫލެކޭކިޔައިގެން ކޮމެންޓްކުރާކަށް. ޝަހީމް އާއި ޝައިޚުން އިސްލާމް ދީން އިސްލާމް ދީން ދިފާޢުކުރިޔަ ދީބަލަ، އިސްލާމް ދީން ދެކެ ލޯތްބެއް ހުރިއްޔާ. މާތްﷲ ޝައިޚުންނާއި އިސްލާމް ދީން ދެކެ ލޯބިވާ އެންމެހާ އަޅުތަކުންނަށް ރަޙްމަތް ލައްވަވާ، އެހެން އަޅުތަކުންނަށް ތެދުމަގު ދައްކަވާށި. އާމީން.

  6. އެމީހުން ކޮށްފިއްޔާމު ކޮމްމެކަމެއްވެސް ރަނގަޅުވާނެ.. އެހެންވީމާ މިޤައުމު މިފަދަ ފިތުނައެއްގެ ތެރެއަށް ވެއްޓުނު ސަބަބަކީ މިއީތާ.. ތިޔަށްކިޔާނީ ކިޔެވި ކިޔެވީނުންގޮސް ކާފިރުވުމޭ…

  7. ެއެކްސްޓްރީމިސްޓްސް. މިހާވަރު ވާކަށް ނުވާނެ. މުޅި ހިތުތެރެ ނަފްރަތުން ފުރުފަ.

  8. ކޮމެންޓް ކޮށްފައިވާ ޢަލީގެ ފަސާދަ އަހަރެމެން މުސްލިމުންގެ މައްޗަށް މާ ބޮޑެވެ…. ހަމަކަށަވަރުން މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޝަޚްސިއްޔަތަށް މަލާމާތް ރައްދުވާ ފަދަ ބަސްތަކުން ބޭރުދުނިޔެ އާއި ރާއްޖޭގެ ޕޯޑިއަމް ތަކުގައި ވާހަކަ ދެއްކުން ފިތުނަވރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުގެ ގޮތުން މާ ނުބައިވެގެން ވެއެވެ. އަދި ކިޔެއްތަ ، ތިޔަ ކޮމެންޓް ކުރާ ޢަލީ ފަދަ މީހުން އެފަދަ ފިތުނަވެރިންނަށް ކުރާ ސަޕޯރޓުން އުފެދޭ ފިތުނަވެސް ވަކިން ކުޑައެއް ނުވާނެއެވެ. އަދި ޢަލީމެން ފަދަ މީހުން އެފަދަ ފިތުނަވެރިން ކުރާ ލާދީނީ ކަންތައްތައް ވަންހަނާކޮށް ހަދާކަމީވެސް އެފަދަ ފިތުނަވެރިންނަށް ފިތުނަ ފެތުރުމަށް އެޅޭ ބާރެކެވެ. ދަންނާށެވެ…..ފިތުނަ ފެތުރުމަކީ ހަމައެކަނި މީސްތަކުން ވެރިންނަށް ނަފުރަތު ކުރުވުމެއް ނޫނެވެ…..މީސްތަކުން ހައްލާ ، ﷲގެ ދީނާ ފެޔަށް މީސްތަކުން ޖެއްސުމީ އެންމެ ބޮޑުވެގެންވާ ފިތުނައެވެ. އަދި ބުނަމެވެ…….ﷲ އަށާ އެކަލާނގެ ރަސޫލާ އަށް ފުރައްސާރަ ރައްދުވާފަދަ ބަސްތަކުން ތަގްރީރު ކުރުމާ ، ﷲގެ ޙުކުމްފުޅު ތަކާ ދެކޮޅަށް ފާޑުކިޔުމީ ޢަލީ މެން ފަދަ ދީނަށް ޣީރަތްތެރިކަމެއް ނެތް މީހުނަށް ކަމަކަށް ނުވިއަސް އެއީ އަހަރެމެންގެ ލަގޮނޑިއަށް ކެއްވާވަރު ކަންތައްތަކެއް ނޫނެވެ. ދިވެހިޜާއްޖޭގަ ތިބި ގިނަ ޝެއިޚުން މި ފަދަ ފިތުނަވެރިންނާ ދެކޮޅަށް ތެދުވީ ހަމަ ލަގޮނޑިއަށް ކެއްނުވެގެންކަން ރާއްޖޭގެ ދީނަށް ލޯބިކުރާ ގިނަ މީހުން ޤަބޫލް ކުރެއެވެ.

  9. މިއަދު އަންނީ ގެ ފަހަތުން ދުވާ މީހުންނަށް އޮތީ އަޅެ ފަހެ ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ މީހަކު ނެތީހެއްޔެވެ؟

  10. ސޯޑު ގެ ކޮމެންޓައް ތާއީދު އޭނަޔައް ވަރައް ގިނައިން ނަސޭހަތް ދީ އެނބުރި ހައްުގުގެ މަގައް އައުމައް އެތައް ދަންނަ ބޭކަލުންނެއް ގޮވާލައްވާ ފުރުސަތުވެސް ދިން އެކަމް އޭނަގެ ބޮޑާ ކަމާ ޖާހިލުކަން އިސްކޮއް ދިޔައީ ބީރު ކަންފަތް ދެމުން ދީނައް ކުރަމުން ދިޔައީ ފުރައްސާރަ ރަސޫލާޔައް ކުރަމުން ދިޔައީ މަލާމާތް ނަމާދައް ޖަހަމުން ދިޔައީ ހަޖޫ..މިފަދަ މީހަކު ހަލާކު ކުރެއްވުމައް އެދި ދުޢާ ކުރުން ނޫން ދެން އިތުރު ބާރެއް އަހަރުމެންގެ އަތަކު އޭރަކު ނެތް.. ޝަހީމް އެކަންޏެއްނޫން އަހަރެންވެސް ދުއާކުރަން އޭނަހަލާކު ކޮއް ބޭޒާރު ކުރެއްވުމައް އެދި..! އިސްލާމް ދީނަށާ މާތް ނަބިއްޔާޔައް މަލާމާތް ކުރާ މީހަކައް މަގޭ ހިތުން ބަދު ދުއާ ނޫން އެއްޗެއް ނުނިކުންނާނެ..!މިއަދުވެސް އަދި މާދަންވެސް އަހަރެންގެ ދުއާ އަކީ ﷲއޭނާގެ މައްޗައް ކުއްތާ ތަކުގެ ތެރެއިން ކުއްތާއެއް ފާކުރެއްވުން އެދި ކުރެވޭ ދުއާ..!!

Your email address will not be published. Required fields are marked *