ރާއްޖޭގެ ޚަބަރު

ކާމިޔާބު ކަމާއި އެކު “ތަޒްކިޔާ” ކޭމްޕު ނިންމާލައިފި

އަލް އަޞްރު އިން އިންތިޒާމް ކޮށްގެން ބޭއްވި ‘ތަޒްކިޔާ’ ކޭމްޕް ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

ޒުވާނުންނަށް ޙާއްސަކޮށްގެން އަލް އަޞްރުގެ ފަރާތުން މިކޭމްޕެއް ބާއްވާފައިވަނީ ޑިސެމްބަރ މަހުގެ 4 ން 6 ކަށް އ.ދ ދިއްދޫގައެވެ. ޒުވާނުންނަށް އަމިއްލަ ނަފްސު ތަޒްކިޔާކޮށް ރަނގަޅު ކުރުމުގެ ފުރުޞަތު ދިނުމާއެކު ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށް ދިނުމުގެ މަޤްސަދުގައި ބޭއްވި މިކޭމްޕް ވަރަށް ކާމިޔާބު ކަމަށް އަލްއަޞުރުން ހާމަކުރެއެވެ.

މި އިވެންޓް ކަވަރު ކުރީ ފިޓްނަސް މައުލޫމާތު ސެސަން އަކާއި އޭގެ ޕްރެކްޓިސް ސެސަން އެއް. އަދި ވަގުތު ބޭނުން ކުރާނެގޮތުގެ މައުލޫމާތާއި ލީޑަރޝިޕް ސެޝަން އެއް ބޭއްވުނު. ޖުމްލަކޮށް އަމިއްލަ ނަފްސް ތަޒްކިޔާ ކުރާނެ ގޮތް ބައިވެރިންނަށް ކިޔައިދިނީ. ބޭނުންވި ހުރިހާ ބައިތަކެއް ކަވަރު ކުރެވުނު." ކަމަށް އަޞްރުގެ އޮފިޝަލަކު ދިއިސްލާމްއަށް ވިދާޅުވިއެވެ.

ތަޒްކިޔާ ކޭމްޕްގެ ބައިވެރިއެއް ކަމުގައިވާ އދ. ދަނގެތި ޒުވާނެއްކަމުގައިވާ ޝަފްރާޒް ދިއިސްލާމް އަށް ކިޔައިދިން ގޮތުގައި މި ކޭމްޕުން ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ އެވެ. "ވަރަށް މުހިންމު ކޭމްޕެއް. ވަރަށް އުފާކުރަން މި ދަތުރުގައި ބައިވެރި ވެވުނީމަ. މިފަދަ އިތުރު ކޭމްޕެއްގައި ބައިވެރިވާ ހިތުން މިހުންނަނީ. ވަރަށް ގިނަ ވަރަށް މުހިންމު ވަރަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދިޔަ މި ކޭމްޕުގަ. އިންޝާﷲ ދަސްވި އެއްޗެއްސާއި އެއްގޮތަށް މަސައްކަތް ކުރެވޭތޯ ބަލާނަން. މި ފުރުސަތުގައި މިފަދަ ދަތުރެއް އިންތިޒާމު ކުރެއްވި ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ" ކަމަށް ޝަފްރާޒް ބުންޏެވެ.

އ.ދ ދިއްދޫގައި ތަޒްކިޔާ ކޭމްޕް ބާއްވާފައިވާއިރު މިކޭމްޕްގެ މަޤްބޫލުކަން ވަނީ ވަރަށް ބޮޑުވެފައެވެ. ކޭމްޕްގެ މުސްތަޤްބަލާއި ބޭހޭ ގޮތުން އަޞްރުން ބުނީ "މީގެ ކޭމްޕްތައް އެހެން އަތޮޅު ތަކުގައި އިންޝާﷲ ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ގެންދާ"ކަމަށާއި "އަތޮޅުތެރެއިން މިކޭމްޕް ބޭއްވުމަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ"ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *