“ޣައްޒާ ފަންޑް މޯލްޑިވްސް” އަށް 3 މިލިޔަން ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ޢަދާލަތު ޕާޓީން އިސް ނަގައިގެން ހުޅުވާފައިވާ “ޣައްޒާ ފަންޑް މޯލްޑިވްސް” އަށް 9 ދުވަހުގެ ތެރޭގައި 3 މިލިޔަން ރުފިޔާ ލިބިފައިވާއިރު ޢީދު ދުވަހު އެކަނި ވެސް ޣައްޒާ ފަންޑަށް ވަނީ 4 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
ޣައްޒާ ފަންޑް މޯލްޑިވްސްއަށް މިހާތަނަށް ލިބިފައިވަނީ 3,333,318.00 ދިވެހި ރުފިޔާ އާއި 10,882 އެމެރިކާ ޑޮލަރެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ މި ފަންޑުން ލިބޭ ފައިސާ ގާޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ރެޑްކްރެސެންޓް ޖަމިއްޔާ މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.
ފަންޑު ފޮށި މާލޭގެ އެކި ހިސާބުތަކުގައިވެސް ބަހައްޓާފައިވާއިރު ހުޅުމާލެ އާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓާފައެވެ.. މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވެސް، ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮށިތައް މިހާރު ވަނީ ބަހައްޓާފަ އެވެ.

















ޚިޔާލު