ހިންދީ ފިލްމު "ކްރިޝް 3" ގެ ލަވައެއް ރާއްޖޭގައި މަނާކޮށްފި އެވެ.
އިންޑިއާ އާއި ރާއްޖޭގައި ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ހިންދީ ފިލްމު "ކްރިޝް 3" ގެ ލަވައެއް ރާއްޖޭގައި މަނާކޮށް ނެޝެނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކްރިޝް ފިލްމުގައިވާ "ގޯޑް ﷲ އޯރު ބަގުވާން" ލަވަ ރާއްޖޭގައި މަނާކުރީ އޭގައި އިސްލާމްދީނުގެ މައިގަނޑު އެއް އަސްލުކަމުގައިވާ ﷲ ގެ އެއްކައުވަންތަކަމާ މެދު ޝައްކު އުފެދޭ އިބާރާތްތައް ހުރުމުން ކަމަށެވެ. އެ ލަވަ ރާއްޖެ އެތެރެކުރުމާއި ގެންގުޅުން ވެސް ކްލެސިފިކޭޝަން ބިއުރޯ އިން ވަނީ މަނާކޮށްފަ އެވެ.
އަދި މިބަޔާނުގައި، އިސްލާމްދީނާ ހިލާފު ފަންނީ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެފަދަ އެއްވެސް އުފެއްދުމެއް ރާއްޖޭގައި ވިއްކުމާއި ބްރޯޑްކާސްޓުކުރުމާއި ރީބްރޯޑްކާސްޓުކުރުމާއި ބެލުން އަދި އެހެން މީހަކަށް ދެއްކުމަކީ ވެސް އެ ބިއުރޯގެ "ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދު"ގެ ދަށުން މަނާކަމެއް ކަމަށް ވެސް އެތަނުން ބުނެފައިވެއެވެ.
މިއީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ގޮތަކަށް ލަވައެއް ބެލުން މަނާ ކުރި ކަން މީޑިއާއަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އެންގި ފުރަތަމަ ފަހަރެވެ.

















ޚިޔާލު