ރާއްޖޭގެ ޚަބަރު

ޖޭއެސްސީން އެކުލަވާލާފައިވާ ގޮތުގެ މޮޑެލް އަކީ ފެއިލްވެފައިވާ މޮޑެލްއެއް: އުއްތަމަ ފަނޑިޔާރު

ޖޭއެސްސީން އެކުލަވާލާފައިވާ ގޮތުގެ މޮޑެލް އަކީ ފެއިލްވެފައިވާ މޮޑެލްއެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ "ޖުޑީޝަރީ ހަރުދަނާ ކުރެވޭނީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރެވިގެން. އެ މޮޑެލް އޮންނަހާ ހިނދަކު ޖުޑީޝަރީއަކަށް އިތުރު ހަރުދަނާކަމެއް ގެނައުމަކީ ފަސޭހަކަމަކަށް ނުވާނެ"ކަމަށެވެ. އަދި ޖޭއެސްސީން މިހާރު އެކުލަވާލާފައިވާ ގޮތުގެ މޮޑެލް އަކީ ވެސް ފެއިލްވެފައިވާ މޮޑެލްއެއް ކަމަށާއި އެކަމުގެ ސަބަބުން ޝަރުއީ ނިޒާމު ހަރުދަނާކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އިތުރަށް ވިދާޅުވީ "މި ދޭތެރެއިން ސައުތު އެފްރިކާގެ ވަރަށް ސީނިއާ، ދުވަސްވީ ތަޖުރިބާކާރު ފަނޑިޔާރަކާ ބައްދަލުވެ، އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތަކާއި މި އިޝޫއާ ބެހޭ ގޮތުން ޑިސްކަސް ކުރެވުނު ހިނދު، އެ ރިޓަޔަޑް ފަނޑިޔާރު ވިދާޅުވީ ތިމަން ބޭފުޅުންގެ ގައުމުގައި ވެސް ފެއިލްވެފައި އޮތް މޮޑެލްއެކޭ މި މޮޑެލް އަކީ. އެހެންވީމާ އަޅުގަނޑު ހިތުގައި ހަމަ އުފެދޭ ސުވާލަކީ ޖޭއެސްސީގެ މޮޑެލް ބަދަލުކުރުމަށް މިހާރު އަޅުގަނޑުމެންގެ ކަމާ ބެހޭ މުއައްސަސާތަކުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ވިސްނާވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާބާއޭ؟" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ރާއްޖޭގެ ސުޕީރިއާ ކޯޓުތަކަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރުމާއި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމަށް އެ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ސުވާލު ކުރުމުގެ ޖާގަ ނޯންނާނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *