ރާއްޖޭގެ ޚަބަރު

ވިއްސާރައާ ގުޅިގެން މާފަންނު ސްޓޭޑިއަމްގައި ކުރަން ނިންމާފައިވާ އަޟްހާ އީދު ނަމާދު ސްޓޭޑިއަމްގައި ކުރެވޭގޮތެއްނުވި

ފިތުރު ޢީދު ނަމާދު މައިދާނުގައި (1434) / ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގް

މިހާރު މާލެ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާފަންނު ސްޓޭޑިއަމްގައި ކުރަން ނިންމާފައިވާ އަޟްހާ އީދު ނަމާދު ސްޓޭޑިއަމްގައި ކުރެވޭގޮތެއްނުވިއެވެ.

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ މުހަންމަދު ޝަހީމް ވިދާޅުވި ސްޓޭޑިއަމްގައި އީދު ނަމާދުކުރުން ކެންސަލްކުރަން ޖެހުނީ މެދުކެނޑުމެއް ނެތި ވާރޭ ވެހެމުން ދިއުމާ ގުޅިގެން އެ ސަރަހައްދު ތައްޔާރު ކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެންނެވެ.

ސްޓޭޑިއަމްގައި ޢީދް ނަމާދު ނުކުރެވުނު ނަމަވެސް އިސްލާމީ މަރުކަޒުގަ އާއި މާލޭގެ އެހެން މިސްކިތްތަކުގައި މިއަދު ވަނީ އީދު ނަމާދުކޮއްފައެވެ.
މިދިޔަ އަހަރުގެ އަޟްހާ އީދު ނަމާދުގެ "ރަސްމީ ޖަމާއަތް" ގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދާއި މި އަހަރުގެ ފިތުރު އީދު ނަމާދު ވެސް ސްޓޭޑިއަމްގައި ކުރިއެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *