ރާއްޖޭގެ ޚަބަރު

ރަނިންމޭޓުކަން ގަބޫލުކުރީ ގާސިމްއަކީ ކާކުކަން ނޭންގިގެން ނޫން: ހަސަން ސައީދު

ޑރ. ހަސަން ސައީދު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ - ދިއިސްލާމް ފޮޓޯ: އަސްވާގް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާރޓީގެ ކެނޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިންގް މޭޓްކަން ޤާބޫލުކުރީ އޭނާ އަކީ ކޮންބޭފުޅެއްކަން ނޭންގިގެން ނޫން ކަމަށް ޑރ. ހަސަން ސައީދް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ރަނިންމޭޓް އިއުލާންކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ސައީދު ވިދާޅުވީ ރަނިންމޭޓުކަން ގަބޫލުކުރީ ގާސިމްއަކީ ކާކުކަން ނޭންގިގެން ނޫން ކަމަށާއި ގާސިމް މީގެކުރިން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭގެ އިތުރަށް ގާސިމާއިއެކު މަސައްކަތްކުރެވޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތުމުން ކަމަށެވެ.

މިޖައްސާގައި ވާހަކަ ދައްކަވަމުން ހަސަން ސައީދު ވިދާޅުވީ ގާސިމަކީ ހިތްތިރި އޯގާތެރި ބޭފުޅެއް ކަން ގާސިމާއިއެކު މީގެކުރިން ކުރެއްވި ތަޖުރިބާތަކުގެ ސަބަބުން އެނގިފައިވާ ކަމަށާއި ގާސިމަކީ ގައުމީ ތަރައްގީއަށްޓަކައި ނަގަން ޖެހޭ ކޮންމެ ނިންމުމެއް ވަގުތުން ނިންމަވާ ބޭފުޅެއް ކަމެށެވެ. އަދި ބަދަލު ހިފުމުގެ ރޫހެއް ނެތް މައާފްކުރުމުގެ ރޫހް އިސްކުރާ ބޭފުޅެއްކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް ސިޔާސަތުތައް ހާމަކުރައްވަމުން ހަސަން ސައީދު ވިދާޅުވީ އޭނާއަކީ ފަރުދީ މިނިވަންކަމާއި މުދަލުގެ މިނިވަންކަމަށްވުރެ މުހިންމު މިނިވަންކަމެއް ނެތް ކަން ގަބޫލުކުރާ އެކެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ މުދަލުގެ ހިމާޔަތާއި ނަފްސުގެ ހިމާޔަތް ކަށަވަރުކޮށްދޭނެ ކަމަށެވެ.

އަދި އެ ޕާޓީގެ ވެރިކަމެއްގައި ވިޔަފާރިވެރިންގެ ކަންކަން ނިންމާނީ ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން ކަމަށާއި އެއީ އަމަލީ ގޮތުން ވިޔަފާރިވެރިންނަކީ ރާއްޖޭގެ ތަރައްގީގެ ބައެއް ކަމަށްވާތީ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
މީގެއިތުރުން ހަސަން ސައީދު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ބަޖެޓުގައި ހިމެނީ “ވަކި ލާރިކޮޅެއް” ކަމަށާއި ކޮންމެ ބޭފުޅެއްގެ މެނިފެސްޓޯގައި ވެސް އޮންނަނީ މުނިފޫހިފިލުވުމުގެ ވާހަކަ ކަމަށް ހަސަން ސައީދު މިރޭ ވިދާޅުވި އެވެ. ޖޭޕީގެ ވެރިކަމެއްގައި ކިތަންމެ ބޮޑު ހޭދަކޮށްގެން ނަމަވެސް މަސްތުވާތަކެތީގެ ބައްޔަށް ފަރުވާ ހޯދޭނެ ނިޒާމު ގާއިމުކުރާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *