ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު، މިއަދު ހެނދުނު ޢުމްރާއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދާ ހަވާލާދެއްވާ ސަން އޮންލައިންއިން ހާމަކުރާގޮތުގައި މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިޔާގެ ރަސްމީ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވާނެ ކަމަށާއި އަދި މިދަތުރުގައި ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ވަޑައިގަންނަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 15ގައި ކަމަށް މަސްއޫދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި ރައީސް ޑރ. ވަޙީދުގެ މިދަތުރު ފުޅަކީ ސަޢޫދީ ޢަރަބިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އުމްރާ އަށް ފުރާވަޑައިގަންނަވާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވީސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވުމުން މިހާރު ހުންނެވީ ސްރީލަންކާގަ އެވެ.

















ޚިޔާލު