ރާއްޖޭގެ ޚަބަރު

މޯލްޑިވިއަން އެއާރލައިންގެ އާ މަންޒިލަކަށް ޗައިނާ

ޤައުމީ އެއާލައިން މޯލްޑިވިއަން ގެ އާ މަންޒިލަކަށް ޗައިނާއަށް ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވިއަން އިން ހާމަކުރާ ގޮތުގައި ޗައިނާއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 23 ގައިކަމަށާއި ފުރަތަމަ ފަށަނީ ޗައިނާގެ ޗޮންޗިން ސިޓީއަށް ކަމަށެވެ. މޯލްޑިވިއަންގެ ފަރާތުން ހާރިސް ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް އަލަށް ފަށާއިރު، ބިޒްންސް ކުލާސް 14 ސީޓް، އިކޮނިމީ ޕްރިމިއަން 18 ސީޓު އަދި އިކޮނޮމީ 120 ކުލާހާއެކު ހަފުތާއަކު ދެ ފްލައިޓް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އަޅުގަނޑުމެ މިހާރު ޓޫރިޒަމް މާކެޓަށް މޯލްޑިވިއަންއިން ވަދެގެން މަސައްކަތް މިކުރަނީ." "އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް ހާރިސް ވިދާޅުވިއެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަބްދުލް ހާރިސް އެވެ. އަދި ޗެންޑޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރެޒިޑެންޓް ގޯ ހުއި އެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަނީ އިންޑިޔާ އާއި ބަންގްލާދޭޝްއަށް ދަތުރުކުރުތައް ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *