"އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް" (އައިއެފްއެމް) ގެ ނައިބް ރައީސް އަލްއުސްތާޛް މުޙައްމަދު ފައުޒީ (ނޫރުލް ޤުރުއާން ކްލާސްގެ ފައުޒީ) އެ ޖަމިއްޔާގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ފައުޒީ އައިއެފްއެމް އިން އިސްތިއުފާ ދެއްވިކަން އެބޭފުޅާ ވަނީ ދިއިސްލާމް އަށް ކަށަވަރު ކޮށްދީފައެވެ. ފައުޒީ ވިދާޅުވީ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެ ޖަމިއްޔާގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތުގެ ވާނުވާއެއް ނޭނގޭތީ ކަމަށެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު އަދި ދެވެން ނެތް ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.
އައިއެފްއެމް ގެ ގިނަ މެމްބަރުންތަކެއް އެ ޖަމިއްޔާއިން އިސްތިއުފާ ދެއްވަމުން ދާކަމަށް ކުރީގައި އައިއެފްއެމްގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވަނީ ދިއިސްލާމް އަށް މަޢުލޫމާތު ދެއްވާފައެވެ.

















ޚިޔާލު