
ރާއްޖޭގައި އިންޓަނެޓް ގެ ޚިދުމަތް ދޭ ދެވަނަ ކުންފުނި ރާއްޖެ އޮންލައިނުން އެކުންފުނީގެ ލިމިޓެޑް ޕެކޭޖްތަށް ބޭނުންކުއްވާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ޓޮޕްއަޕް ކާޑު ތަޢާރަފް ކޮށްފިއެވެ.
ރާއްޖެ އޮންލައިންގެ މާކެޓިން މެނޭޖަރ ތިނެސްވަރަން ސެލަދުރައީ ވިދާޅުވީ އެކުންފުނިން މިދިޔަ ހަފްތާގައި އަލަށް ތަޢާރަފް ކުރި ޓޮޕްއަޕް ކާޑުން އެކުންފުނީގެ ލިމިޓެޑް ޕެކޭޖުތަށް ބޭނުންކުރާ ކަަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެ. އަދި އޮފީސް ބަންދުކޮށްފައި ހުންނަ ގަޑިތަކުުގައި ޕެކޭޖްގެ ލިމިޓް ހަަމަވެއްޖެ ނަމަ އަމިއްލަ ފުޅަށް ވަގުތުން ޓޮޕް އަޕް ކޮށްލައިގެން އެކައުންޓް ރިއެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ.
2 ޖީބީއާއި 50 ޖީބީ އާއި ދެމެދުގެ ޓޮޕްއަޕް ކާޑު ތަޢާރަފްކޮށްފައިވާއިރު ރާާއްޖެ އޮންލައިންގެ ބިލިން ކައުންޓަރުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.
2004 ވަނަ އަހަރުން ފެށިގެން މާލެ ހިމެނޭ ސަރަހައްދަށް ރާއްޖެ އޮންލައިނުން އަންނަނީ އިންޓަނެޓްގެ ޚިދުމަތް ދެމުންނެވެ.
















ޚިޔާލު