ރާއްޖޭގެ ޚަބަރު

އިންސާފުގެ ދަތުރު މުޒާހަރާގައި ދެން އިތުރަށް ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް އެމްޑީޕީގެ ރައީސް ޑރ. ޑޑީ ވިދާޅުވެއްޖެ

އެމްޑީޕީން ކުރިއަށް ގެންދާ އިންސާފުގެ ދަތުރު މުޒާހަރާގައި ދެން އިތުރަށް ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް އެޕާޓީގެ ރައީސް ޑރ. ޑޑީ ވިދާޅުވެއްޖެއެވެ.

"ހަވީރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެމްޑީޕީގެ އެއްވެސް ރަސްމީ ގުނަވަނަކުން ފާސްކޮށްގެން ކުރިއަށް ގެންދާ މުޒާހަރާތަކެއް ނޫންކަމަށެވެ.

އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ހާމަކުރެއްވިގޮތުގައި މާލޭ ސިޓީ ކައުންސިލުންވެސް ހުއްދަ ދޫކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށްކަމަށާއި، އެއްވެސް ސިޔާސީ ޙަރަކާތެއް 12 ގެ ފަހުން ކުރިއަށް ގެންދިއުން މަނާކުރާ ޤަވާޢިދެއް ސިޓީ ކައުންސިލުން ގެންގުޅޭ ކަމަށެވެ.

ކުރީ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. ޑީޑީ ވިދާޅުވިގޮތުގައި ޕާޓީގައި ކިތަންމެ ނުފޫޒުގަދަ މީހެއްކަމުގައިވީނަމަވެސް އަދި ކުރީގެ ރައީސް ކަމުގައިވިޔަސް ޕާޓީގެ ގުނަވަނަކުން ފާސްނުކުރާ ކަމެއް ޕާޓީގެ ނަމުގައި ނުކުރެވޭނެކަމަށެވެ.

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މިމުޒާހަރާގައި މިދިޔަ ދެ ދުވަހު ޑރ. ޑީޑީ ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

ޑރ. ޑީޑީ އަކީ އެމްޑީޕީގެ ތިންވަނަ ރައީސެވެ. އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) އަދި ދެވަނައަށް ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު މުނައްވަރު އުފެދުނު ޚިޔާލުތަފާތުވުންތަކެއްގައި ދައުރު ފުރިހަމަވުމުގެ ކުރިން ވަނީ އިސްތިޢުފާ ދެއްވާފައެވެ. އަދި އެޕާޓީގެ ފަރާތުން ކުރިމަތިލައްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި މުޙައްމަދު ނަޝީދު (އަންނި) ވެސް ވަނީ ރިޔާސީ ދައުރު ފުރިހަމަވުމުގެ ކުރިން މިމަހުގެ 7 ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޑީޑީ އަށްވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެމް.ޑީ.ޕީ ގައި އެބަ އޮތް. ދެން ކޮބާ މައްސަލައަކީ؟ ފިތުނު ވަރުން ގުޑިލަންވެސް ނޭންގިފައެއްނުތިހުރީ !ކަމް އެންޑް ގޯ… ގޯ އެންޑް ގޯ…

  2. މިކަހަލަ ހެޔޮ ބަހަެއް ރަގަޅުބަހެއް ނުވިސްނޭ މީހުންގެ ހާލަތާއިމެދު ހިތާމަކުރަން ޕާޓީގެ މެންބަރެއްގެ ގޮތުން ޑީޑީ އަށް ސުކުރިއްޔާ

Your email address will not be published. Required fields are marked *