ރާއްޖޭގެ ޚަބަރު

އަންހެނުންގެ ގައިގައި ހައްދުޖެހުން ރާއްޖޭގައި ދަނީ އިތުރުވަމުން : ރިޕޯޓް

ދަ ސިޑްނީ މޯނިންގ ހެރަލްޑްގައި ޝާއިއުކޮށްފައިވާ ލިޔުމުގެ ސްކްރީންޝޮޓް

 

ދަ ސިޑްނީ މޯނިންގ ހެރަލްޑްގައި ޝާއިއުކޮށްފައިވާ ލިޔުމުގެ ސްކްރީންޝޮޓް

އަންހެނުންގެ ގައިގައި ހައްދުޖެހުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އޮސްޓްރޭލިއާގެ ނޫހެއްކަމަށްވާ ދަ ސިޑްނީ މޯނިންގ ހެރަލްޑްއިން ރިޕޯޓްކޮށްފިއެވެ.

އެނޫހުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމުގައި ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާއިބެހޭ ހައި ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ރާއްޖެ އައިސް ހިނގިކަންތައްތަކަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ޕިއްލޭ ދެއްކި ވާހަކަތަކާއި ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގެ ސަބަބުން ރާއްޖޭގެ މިސްރާބުހުރީ ކޮން ދިމާއަކަށްތޯއާއި ރާއްޖޭގައި އަންހެނުންގެ ދަރަޖައާމެދު ސުވާލުއުފެދިފައިވާ ކަމަށް އެނޫހުން ބުނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި އަންހެނުން ހިތާނުކުރުން އިތުރުވަމުންދާކަމަށްވެސް އެނޫސް ބުނެއެވެ. އަދި ދީނީގޮތުން ހައްދުފަހަނައަޅައިދިއުމުގެ ސަބަބުން އަންހެނުންނާމެދު ދެކޭގޮތާއި ކަންތައްކުރެވޭގޮތަށް ބަދަލުތަކެއް އައިސްފައިވާކަމަށް ރައީސް މުޙައްމަދު ނަޝީދުވެސް އެއްބަސްވާކަމަށް އެނޫހުން ބުނެއެވެ. އަދި ބުނެފައިވަނީ، އަންހެން ކުދިން ހިތާނުކުރުމާއި ތަޢުލީމަށް ހުރަސްއަޅާތީ ރައީސްގެ ކަންބޮޑުވުން ހުރިކަމަށެވެ.

ރާއްޖޭގެ ޖަމްޢިއްޔާއެއްކަމަށްވާ ޖެންޑަރ އެޑްވޮކަސީ ވާކިންގ ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކި ޝާދިޔާ އިބްރާހިމްއާ ޙަވާލާދީ އެނޫހުން ބުނެފައިވަނީ ދުވަހެއް ދުވަހަކަށް އަންހެނުންނަށް ރާއްޖޭގައި އުޅުމަށް ދަތިވަމުންދާކަމަށެވެ. އަދި އަންހެނުންގެ ގައިގައި ޙައްދު ޖެހުން ރާއްޖޭގެ ހުރިހާތަނެއްގައިވެސް ކުރިއަށްދާކަމަށާއި ޙައްދުޖެހޭ ކޮންމެ 140 އަންހެނަކަށް ޙައްދުޖެހެނީ ދޭއް ނުވަތަ ތިން ފިރިހެނުންގެ ގައިގައި ކަމަށެވެ.

ރާއްޖޭގެ އެހެން ޖަމްޢިއްޔާއެއް ކަމަށްވާ ހޯޕް ފޮރ ވިމެންގެ ރައީސާ އަނީސާ އަޙްމަދާ ޙަވާލާދީ އެނޫހުން ހާމަކުރިގޮތުގައި މިހާރު ރައްޔިތުންގެ މަޖްލީހަށް ހުށަހެޅިފައިވާ ގެވެށިއަނިޔާ ހުއްޓުވުމުގެ ބިލްގެ ސަބަބުން މިފަދަ ކަންތައްތަކަށް ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ. އެހެންނަމަވެސް، އބިލް މަޖްލީހަށް ހުށަހެޅުނުތާ 14 މަސްވެފައިވާކަމަށް އެނޫހުން ހާމަކުރެއެވެ.

ދަ ސިޑްނީ މޯނިންގ ހެރަލްޑްގެ ލިޔުން

ގުޅުންހުރި

3 ޚިޔާލު

  1. އޭގެ މާނައަކީ ދިވެހި ރާއްޖޭގައި ޒިނޭކުރުން ވަނީ އިތުރުވެފައޭ.

  2. ހައްދު ޖަހަނީ ހައްދު ފަހަނައަޅާ ދިޔައިމަ، އިސްލާމުން ތިބެންޖެހޭނީ އިސްލާމްދީނުގެ ހައްދުގެ ތެރޭގައި، ވީމާ ހައްދުން ސަލާމަތްވާނެ އެއްވެސޮގޮތެއް ނޯންނާނެ، އެމީހަކުބޭނުން ހައްދެއް އިޚްތިޔާރު ކުރުމަކީ އެމީހެއްގެ އަމިއްލަކަމެއް!

  3. އަންހެން ކަނބަލުންނަށް ﷲ ސުބުޙާނަހޫ ޥަތަޢާލާ ދެއްވާފައިވާ މަޤާމާއި، ޙައްޤުތަކާއި، ހިމާޔަތްތެރިކަން ދޫކޮއްލާފައި ނިކުމެ މަގުމަތީންހޯދޭނެ ޙައްޤެއް ނޯންނާނެ، ވީމާ، ތިކަނބަލުން ތިކަނބަލުންގެ މައްޗަށްްް ދަހިވެތިވެފައިވާ ބައެއްގެ މަޅީގައި ތިކަނބަލުން ނުޖެހުމަށް އާދޭސް ދަންނަވަން! މިދުނިޔެއަކީ ކުޑަކުޑަ ހިނދުކޮޅެއްގެ ކަމެއް ﷲއަށް ބިރުވެތިވޭ!

Your email address will not be published. Required fields are marked *