ރާއްޖޭގެ ޚަބަރު

ވިލިމާލޭގައި މަހާނައެއް ކޮނެފައި ހުއްޓައި ފެނިއްޖެ

ވިލިމާލޭ ސަހަރާގައި ކޮނުނު މަހާނަ

ވިލިމާލޭ ސަހަރާގައި ކޮނުނު މަހާނަ

މާލެ ވިލިނގިލީގައި ޤަބުރުސްތާނެއްގެ މަހާނައެއް ކޮނެފައިވާތީ ފުލުހުން އެތަން ބަލަހައްޓައި، އެމައްސަލަ ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. މަހާނަ ކޮނެފައިވީ ނަމަވެސް ޤަބުރަށް އެއްވެސް ގެއްލުމަށް ދީފައިނުވާކަމަށްވެސް ޕޮލިހުން ހާމަކުރިއެވެ.

ފުލުހުންނަށް ރިޕޯޓް ލިބިގެން އެސަރަޙައްދަށް ގޮސްފައިވަނީ މިއަދު ހެނދުނު ނަމަވެސް އެތަން ކޮނެފައަވަނީ ކޮންއިރަކުކަމެއް އަދި ނޭނގެއެވެ.

ދުވަހުނޫސް ހަވީރުން ހާމަކުރާގޮތުގައި އެނޫހަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު ސަންދޯކާ ހަމައަށް ކޮނެފައިވެއެވެ. އަދި އެއީ ފަހުން ވަޅުލާފައި އޮތް މައްޔިތެއްކަމަށްވެސް ނުބެލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *